Monday, November 2
ރައީސް މުޢިއްޒު ލިވަރޕޫލް އެފްސީގެ ލެޖެންޑް އިޔާން ރަޝްއާ ބައްދަލުކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ލިވަރޕޫލް އެފްސީގެ ލެޖެންޑް އިޔާން ރަޝްއާ ބައްދަލުކުރައްވައިފި އެވެ.

އިނގިރޭސިވިލާތުގެ ލިވަރޕޫލްގައި ހުންނަ އެންފީލްޑް ފުޓްބޯޅަ ދަނޑަށް ކުރެއްވި ޒިޔާރަތެއްގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ލިވަރޕޫލް އެފްސީގެ ތާރީޚުގައި އެންމެ ގިނަ ގޯލް ޖަހާފައިވާ ކުޅުންތެރިޔާ އިޔާން ރަޝްއާ ބައްދަލުކުރައްވާފައެވެ. 1961 ގައި އުފަންވި ވޭލްސް ގެ މި ކުރީގެ ފޯވަޑް ކުޅުންތެރިޔާއަކީ ފުޓްބޯޅައިގެ ތާރީޚުގައި އެންމެ މޮޅު ސްޓްރައިކަރުންގެ ތެރޭ ހިމެނޭ ކުޅުންތެރިއެކެވެ.

އިޔާން ރަޝްއަކީ ލިވަރޕޫލް އެފްސީގެ ތާރީޚުގައި އެންމެ ގިނަ ގޯލް ޖަހާފައިވާ ކުޅުންތެރިޔާއެވެ. އޭނާ ވަނީ ލިވަރޕޫލްގެ ހުރިހާ މުބާރާތްތަކެއްގައި ޖުމްލަ 346 ގޯލް ޖަހާފައެވެ. މީގެ އިތުރުން އޭނާއަކީ އިނގިރޭސި ލީގު ކަޕް އަދި އެފްއޭ ކަޕްގެ ފައިނަލްތަކުގައި އެންމެ ގިނަ ގޯލް ޖަހާފައިވާ ކުޅުންތެރިޔާވެސް މެއެވެ.

ރައީސް މުޢިއްޒު މިހާރު ވަޑައިގެން އުޅުއްވަނީ ލިވަރޕޫލް ފުޓްބޯޅަ ކްލަބާ ގުޅިގެން ދިވެހިރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމުގެ ކެމްޕެއިނެއް ފެށްޓެވުމަށެވެ. މި ކެމްޕެއިނަކީ ލިވަރޕޫލް އެފްސީ އާއި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) / ވިޒިޓް މޯލްޑިވްސް އާ ގުޅިގެން ހިންގާ އިނިޝިއޭޓިވްއެކެވެ.

މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ ލިވަރޕޫލް އެފްސީގެ އެންމެ ކާމިޔާބު ކުޅުންތެރިންނާއި މެނޭޖަރުންގެ ތެރެއިން އެކަކު ކަމުގައިވާ ސަރ ކެނީ ޑަލްގްލިޝްއާވެސް ބައްދަލުކުރައްވާފައެވެ. .

މި ކެމްޕެއިނުގެ ސަބަބުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބި، ދުނިޔޭގެ އެންމެ މަޤުބޫލު އެއް ފުޓްބޯޅަ ކްލަބާ ގުޅިގެން މަސައްކަތްކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް އުއްމީދުކުރެވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު