Monday, November 16
އެރަބިއަން ޓްރެވަލް މާކެޓުގައި ލައިވް އާޓް ކުރެހުމުގެ ފުރުޞަތު އެމްއެމްޕީއާރްސީން ދެނީ
އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ) ގެ ދުބާއީގައި ބާއްވާ އެރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) 2025 ގައި ބައިވެރިވެ ޕާފޯމްކުރުމުގެ ފުރުޞަތު ދިވެހި ކުރެހުންތެރިއަކަށް ދިނުމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ނިންމައިފިއެވެ. އެމްއެމްޕީއާރުސީން ބުނީ ހުނަރުވެރި ދިވެހި ކުރެހުންތެރިއަކަށް އޭޓީއެމް 2025 ގައި އެމީހެއްގެ މަސައްކަތް ދައްކާލައި، ލައިވް އާޓް ޕާފޯމް ކުރުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިގޮތުން މި ހަރަކާތް އޮންނާނީ އޭޓީއެމްގެ "މޯލްޑިވިއަން އީވްނިންގ" ނުވަތަ ދިވެހިރާއްޖެއަށް ޚާއްޞަކުރެވިފައިވާ ރޭގައެވެ. މި ކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު މި އޭޕްރީލް މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އެމްއެމްޕީއާރުސީން ވަނީ ހުޅުވާލައިފައެވެ. އޭޓީއެމް އޮންނާނީ އޭޕްރީލް 28 އިން މޭ 1 އަށް ދުބާއީގައެވެ. މި ޓްރެވަލް މާކެޓުގައި 161 އަށްވުރެ ގިނަ ޤައުމުން 2،600 ފަރާތަކުން ބައިވެރިވާނެއެވެ. މިއީ ފަތުރުވެރިކަމާއި ދަތުރުފަތުރުގެ ދާއިރާގައި ބާއްވާ އެންމެ ބޮޑު އެއް ހަރަކާތެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު