Monday, November 2
ރައީސް ޑރ މުއިއްޒު، ލިވަޕޫލްގެ ސަރ ކެނީ ޑާލގްލިޝްއާ ބައްދަލު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އިނގިރޭސިވިލާތުގެ ލިވަޕޫލް އެފްސީގެ އެންމެ ކާމިޔާބު ކުޅުންތެރިންނާއި މެނޭޖަރުންގެ ތެރެއިން އެކަކު ކަމުގައިވާ ސަރ ކެނީ ޑަލްގްލިޝްއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލު ކުރެއްވުން އޮތީ އެންފީލްޑް ސްޓޭޑިއަމަށް ޒިޔާރަތް ކުރެއްވުމުގެ ތެރޭގައެވެ.

ރައީސް ޑރ މުއިއްޒު ކެނީ ޑަލްގްލިޝްއާ ބައްދަލުކުރެއްވީ މިވަގުތު އިނގިރޭސިވިލާތުގެ މަޝްހޫރު ފުޓްބޯޅަ ކްލަބް، ލިވަޕޫލްގެ ޓޫރިޒަމް ޑެސްޓިނޭޝަން ޕާޓްނަރެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރުމުގެ ކެމްޕޭނަށްވަޑައިގެން އުޅުއްވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ސަރ ކެނީ ޑަލްގްލިޝްއަކީ ލިވަޕޫލްގެ ތާރީޚުގައި އެންމެ ފާހަގަކޮށްލެވޭ އެއް ޝަޚްސިއްޔަތެވެ. އޭނާ ވަނީ ކުޅުންތެރިއެއްގެ ގޮތުގައާއި މެނޭޖަރެއްގެ ގޮތުގައި ކްލަބަށް ގިނަގުނަ ކާމިޔާބީތަކެއް ހޯދައިދީފައެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު