Monday, November 2
ސްކޫލުތަކަށް ޓެކްސްޓް ފޮތްތައް ފޮނުވަން ފަށައިފި

ހޯމަ ދުވަހު ދިރާސީ އަހަރު ފެށެންވާއިރަށް ދަރިވަރުންގެ ޓެކްސްޓް ފޮތްތައް ނުލިބިހުރި ރަށްތަކަށް ޓެކްސްޓް ފޮތްތައް ފޮނުވަން ފަށައިފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އަންނަ ހޯމަ ދުވަހު ސުކޫލުތައް ހުޅުވޭއިރު، މިހާރު ޓެކްސްޓް ފޮތްތައް ސްކޫލުތަކަށް ފޮނުވަން ފަށާފައިވާ ކަމަށެވެ.

ސްކޫލް ބަންދުވުމާއި އެކު ބައެއް ސްކޫލްތަކަށް ވަނީ ދަރިވަރުންގެ ފޮތްތައް ދޫކޮށްފައެވެ. އަދި ބައެއް ސްކޫލްތަކުން ދަރިވަރުންނަށް ވަނީ ރިޕޮޓް ދިނުމުގެ ކުރިން ފޮތްތައް ހަވާލުކޮށްފައެވެ.

ނަމަވެސް ސްކޫލު ހުޅުވެން ކައިރިވެފައިވާއިރު، ދަރިވަރުންގެ ޓެކްސްޓް ފޮތްތައް ނުލިބޭ ކަމުގެ ޝަކުވާ ބައެއް ފަރާތްތަކުން ކުރަމުން އެބަދެއެވެ.

އެޑިއުކޭޝަނުން މާލެ ސަރަހައްދުގެ ސުކޫލުތަކުގެ ފޮތްތައް ދަރިވަރުންނަށް ދޫކޮށްފައި ވީނަމަވެސް ގއ. އަދި ގދ. އަތޮޅު، އައްޑޫ ސިޓީ އަދި ފުއްމުލަކަށް ފޮތްތައް ފޮނުވަން ފަށާފައިވަނީ މި ހަފްތާގަ އެވެ.

އެޑިއުކޭޝަނުން ވަނީ ސްކޫލު ހުޅުވުމުގެ ކުރިން ހުރިހާ ދަރިވަރުންނަށް ފޮތްތައް ހަމަވާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު