Monday, November 16
މާދަމާއަކީ ވީއައިއޭ އަށް ބިޒީ ދުވަހެއް، އަވަހަށް އެއާޕޯޓަށް ދިއުމަށް އެދެފި
މާދަމާ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ފުރާ ދަތުރުވެރިން އަވަހަށް އެއާޕޯޓަށް ދިއުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެދެފިއެވެ. އެމްއޭސީއެލް އިން މިއަދު ބުނީ، ޢުމްރާއަށް ދިޔަ ފަރާތްތަކުން އަނބުރާ އަންނާތީ، އެއާޕޯޓުގެ މަގުތަކާއި ގިމަތަ ސަރަހައްދުތަކުގައި މާދަމާ ޓްރެފިކް ބާރުބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންކަމުން، މާދަމާ ދަތުރުކުރާ ހުރިހާ ފަރާތްތަކުން މަދުވެގެން ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށާއި، ޗެކް-އިން ކުރުމަށާއި ސެކިއުރިޓީ ޗެކަށް އިތުރު ވަގުތު ދިނުމަށް އެމްއޭސީއެލް އިން ވަނީ އެދިފައެވެ. އެމްއޭސީއެލް އިން ބުނީ ޢުމްރާވެރިންގެ ފުލައިޓުތައް ޖެއްސުމަށް ތާވަލުކުރެވިފައިވަނީ މާދަމާ 14:00 އާއި 16:00 އާ ދެމެދު ކަމަށެވެ. މީގެ އިތުރުން، އެއާޕޯޓުގެ ވަށައިގެން ޓްރެފިކް ފަސޭހަކަމާއެކު ދައުރުކުރުމަށްޓަކައި ޓެކްސީ ސެންޓަރުތަކުންނާއި ޑްރައިވަރުންވެސް އެއްބާރުލުން ދިނުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު