ޒުވާން ޖީލު ދުންފަތާ ދުރުކުރުމަށް އެކަށައަޅުއްވާފައިވާ ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމަށް އެންމެ އެކަށީގެންވާ އުމުރުފުރާ ބެލުމަށްޓަކައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރަސްމީ އެކްސް އެކައުންޓު މެދުވެރިކޮށް ވޯޓަކަށް ހުޅުވާލައްވައިފިއެވެ.
ދުންފަތުގެ އިސްތިއުމާލުކުރުމުގެ ނޭދެވޭ އަސަރުތަކުން ދިވެހި ޒުވާނުންގެ ކުރިއަށް އަންނަން އޮތް ޖީލުތަކުގެ ޞިއްޙަތު ރައްކާތެރިކުރުމަށްޓަކައި ޖެނެރޭޝަނަލް ބޭން ތަންފީޒުކުރާނަމަ، މި ބޭން ފެށުމަށް އެންމެ އެކަށީގެންވަނީ ކޮން އަހަރަކުން ފެށިގެން އުފަންވި ފަރާތްތަކަކަށްތޯ ރައީސްގެ އެކްސް އެކައުންޓުން ނަންގަވާ ވޯޓުގައި އައްސަވާފައިވެއެވެ.
If a generational ban on smoking were to be implemented in the Maldives, to protect the health of our youth and future generations from the harmful effects of smoking, which of the following would be the most appropriate starting point?
— Dr Mohamed Muizzu (@MMuizzu) April 3, 2025
މި ސުވާލުގެ ޖަވާބަކަށް ރައީސް ވަނީ ތިން އޮޕްޝަނެއް ދެއްވައިފައެވެ. އެއީ 1 ޖަނަވަރީ 2007 އާއި، 1 ޖަނަވަރީ 2004 އަދި 1 ޖަނަވަރީ 2000 އެވެ.
ޒުވާން ޖީލު ދުންފަތާ ދުރުކުރުމަށް އެކަށައަޅުއްވާފައިވާ ޖެނެރޭޝަނަލް ބޭންގައި ހިމެނޭ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ހުށައެޅުއްވުންތައް، އެމަނިކުފާނު ވަނީ އިއްޔެ އާންމުންނާ ހިއްސާކުރައްވައިފައެވެ.
މިގޮތުން "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ ދެވަނަ އެޕިސޯޑްގައި އިއްޔެ ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ މިކަމާ ގުޅޭ ކެބިނެޓް ކަރުދާހެއް، ދިރާސާ ކުރައްވައިގެން ތައްޔާރުކުރެއްވުމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޡިމް އިބްރާހީމްއާ ޙަވާލުކުރައްވާފައިވާކަން ހާމަކުރައްވައިފައެވެ.
އަދި އެ ކަރުދާސް ތައްޔާރުކުރުމުގައި މިކަމާގުޅޭ ފަރާތްތަކުގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރުންނާއި، އަދިވެސް އެނޫންވެސް ފަރާތްތަކުގެ މަޝްވަރާވެސް ހޯއްދަވަން އިރުޝާދު ދެއްވާފައިވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޖެނެރޭޝަނަލް ބޭން، ކަނޑައެޅުއްވުމުގައި އެ މަނިކުފާނު ހުށައަޅުއްވާ ގޮތްތައް ހިއްސާކުރެއްވިއެވެ. އެ ގޮތުން އެ މަނިކުފާނު ހުށައަޅުއްވާ ގޮތްތަކަކީ:
- 2007 ވަނަ އަހަރުގެ ޖެނުއަރީ 1އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން
2004 ވަނަ އަހަރުގެ ޖެނުއަރީ 1އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން
2000 ވަނަ އަހަރުގެ ޖެނުއަރީ 1އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން
ރައީސް ވަނީ މި ތިން ގޮތް ހުށައެޅުއްވުމުގެ ފަހަތުގައިވާ ސަބަބުވެސް ހާމަކުރައްވާފައެވެ. އެގޮތުން 18 އަހަރާއި 25 އަހަރާއި ދެމެދުގެ އުމުރުފުރާގެ މީހުން، ނުވަތަ ޒުވާނުން އެކަމުގެ ތެރޭގައި އެހާ ގިނަ ދުވަސް ނުވަނީސް، އެ ވަބާއިން ސަލާމަތް ކުރަން ފަސޭހަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން