Friday, November 13
ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކުރަން 178 ފޯކަލް ޕޮއިންޓް ކަނޑައަޅަނީ
ހަތް  ވަނަ ގްލޯބަލް މިނިސްޓީރިއަލް ސަމިޓް ފޯ ޕޭޝަންޓް ސޭފްޓީގައި މިނިސްޓަރ އޮފް ހެލްތު އަލްފާޟިލް އަބްދުﷲ ނާޒިމް އިބްރާހިމް ބައިވެރިވެވަޑައިގަންނަވައިފިއެވެ. މި ސަމިޓް ކުރިއަށް ދާނީ ފިލިޕީންސްގެ މެނިލާގައި އޭޕްރީލް މަހުގެ 3-4 އޭޕްރީލް އަށެވެ. ހެލްތު މިނިސްޓްރީން ވިދާޅުވީ ޑިޕާޓްމަންޓް އޮފް ހެލްތު އޮފް ދަ ރިޕަބްލިކް އޮފް ފިލިޕީންސް އިން އިންތިޒާމްކުރާ މި ސަމިޓަކީ ދުނިޔޭގެ ސިއްހީ ދާއިރާގެ ލީޑަރުންނާއި ތަޖުރިބާކާރުންނާއި ސްޓޭކްހޯލްޑަރުން އެއްތަނަކަށް އެއްވެ ސިއްހީ ފަރުވާގެ ފެންވަރު ރަނގަޅުކުރުމާއި ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބައިނަލްއަގްވާމީ ގޮތުން މަސައްކަތްތައް ހަރުދަނާކުރުމަށް ބާއްވާ ސަމިޓެކެވެ. މި ސަމިޓްގައި މިނިސްޓަރުންނާއި ސިއްހީ ދާއިރާގެ ފަންނީ ބޭފުޅުންނަށް ގްލޯބަލް ޕޭޝަންޓް ސޭފްޓީ އެކްޝަން ޕްލޭން (ޖީޕީއެސްއޭޕީ) 2021-2030 ގައި ކަނޑައަޅާފައިވާ ކަންކަން ކުރެވިފައިވާ މިންވަރު ބަލާ، ބަލިމީހުންގެ ރައްކާތެރިކަމުގައި އިސްކަންދޭ ދާއިރާތަކާ ބެހޭ ގޮތުން މަޝްވަރާކޮށް، އެކަންކަން ހާސިލްކުރުމަށް ކުރިމަތިވާ ގޮންޖެހުންތަކާ ގޮތުން މަޝްވަރާކޮށް ހައްލުހޯދާނެއެވެ. މި ސަމިޓްގައި ރާއްޖޭގެ ފަރާތުން، މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމަށް ސިއްހީ ދާއިރާގެ މުހިންމު ޖަމިއްޔާތަކާއި ބައިނަލްއަގްވާމީ ބައިވެރިންނާ ގުޅިގެން ބަލިމީހުންގެ ރައްކާތެރިކަމުގެ މަސައްކަތްތައް ކުރިއެރުވުމުގައި އެއްބާރުލުން ދެވޭނެ ދާއިރާތަކުން އެއްބާރުލުން ހޯދުމަށް މަޝްވަރާކުރާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ. ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ރާއްޖެއިން ކުރަމުންދާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި ނޭޝަނަލް ޕޭޝަންޓް ސޭފްޓީ ޕްރޮގްރާމް، ހޮސްޕިޓަލްތަކުގައި ކޮލިޓީ އިމްޕްރޫވްމަންޓް އެންޑް ޑިވެލޮޕްމަންޓް (ކިއުއައިޑީ) ޔުނިޓްތައް ގާއިމްކުރުމާއި، 178 ސިއްހީ މަރުކަޒެއްގައި ޕޭޝަންޓް ސޭފްޓީ ފޯކަލް ޕޮއިންޓްތައް އައްޔަންކުރުން ހިމެނޭ ކަމަށް ހެލްު މިނިސްޓްރީން މައުލޫމާުދެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު