Friday, November 13
ބިލް ބޮޑުވީ ހޫނު މޫސުމާ ދިމާވެ ކަރަންޓު ބޭނުންކުރި މިންވަރު އިތުރުވުމުން: ސްޓެލްކޯ

ކަރަންޓު ބިލުގައި ރޯދަމަހުގެ ޑިސްކައުންޓް ހިމެނުމުން ވެސް ބިލްތައް ބޮޑުވީ ހޫނު މޫސުމާ ދިމާވެ، ކަރަންޓު ބޭނުންކުރި މިންވަރު ނުވަތަ ޔޫސޭޖް އިތުރުވުމުން ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

މި ރޯދަ މަހު ސަރުކާރުން "ހަދިޔާއެއްގެ ގޮތުގައި" ކަރަންޓު ބިލުން 10 ޕަސެންޓުގެ ޑިސްކައުންޓެއް ދިނުމުންވެސް ކަރަންްޓްބިލް ބޮޑުވުމުން އާއްމުން ގެ ޝަކުވާ ބޮޑުވެއްޖެއެވެ.

 މަސް ނިމި ސްޓެލްކޯއިން ފޮނުވި ބިލުތައް ބޮޑުކަމަށް ބުނެ ބައެއް މީހުން އަންނަނީ ސޯޝަލް މީޑިއާގައި ޝަކުވާ ކުރަމުންނެވެ. ގިނަ ބަޔަކު ވަނީ ބިލް ބޮޑުވުމާއި ޑިސްކައުންް ލިބުނު މިންވަރު ކުޑަވެގެން ޝަކުވާ ކޮށްފައެވެ.

ސްޓެލްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކަރަންޓް ބިލްތައް ބޮޑުވީ ރޯދަ މަހާއި ހޫނު ދުވަސްވަރު ދިމާވުމުންކަމަށެވެ.

ސްޓެލްކޯ އިން ބުނަނީ ރޯދަމަހަކީ އަބަދުވެސް ބިލް ބޮޑުވާ ދުވަސްވަރެއް ކަމަށާއި، މމިއަހަރު ހޫނު މޫސުންވެސް ދިމާވީ ހޫނު މޫސުމާއި ކަމަށްވުމުންވެސް ކަރަންްޓް ޔޫސޭޖް ބޮޑުވުމުން ބިލް ބޮޑުވީކަމަށެވެ. ސަރުކާރުން ވަނީ ފެން ބިލުންވެސް ޑިސްކައުންްޓް ދިނުމަށް ނިންމާފައެވެ.    

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު