Friday, November 13
ކާޑާއި އަސާސީ އެހެން ބާވަތްތަކުގެ ކޯޓާ އިތުރުކޮށްދީފައިވާތީ އިންޑިއާއަށް ޝުކުރުއަދާކޮށްފި
ރާއްޖެ އާއި އިންޑިއާއާ ދެމެދު ހަދާފައި އޮންނަ އެއްބަސްވުމުގެ ދަށުން ކާޑާއި އަސާސީ އެހެން ބާވަތްތަކުގެ ކޯޓާ ރާއްޖެއަށް އިތުރުކޮށްދީފައިވާތީ ރާއްޖެއިން އިންޑިއާއަށް ޝުކުރުއަދާކޮށްފި އެވެ. ފޮރިން މިނިސްްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ 2025-26 ވަނަ އަހަރަށް ޒަރޫރީ މުދާ ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުމުގައި  އިންޑިއާ ސަރުކާރުން ދެއްވި އެއްބާރުލުމަށް ރާއްޖެއިން އިން އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރާކަމަށެވެ. މިފަދަ ކަންކަމުން ދައްކުވައިދެނީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ހަރުދަނާކަން ކަން ކަމަށްވެސް މިނިސްޓްރީން ދެކެއެވެ. އިންޑިއާ ހައި ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނި ގޮތުގައި މިއީ 1981 ވަނަ އަހަރު މި އެއްބަސްވުން ހެދި ފަހުން މިހާތަނަށް ހުއްދަ ދޭ ނުވަތަ ކޯޓާ އިތުރުކޮށްދޭ އެންމެ ބޮޑު އަދަދެވެ.

ފިޔާ، އަލުވި، ބިސް އަދި ހަކުރާއި ފުށް ފަދަ ސާމާނުގެ ކޯޓާ ފަސް ޕަސެންޓަށް އިތުރުކޮށްދީފައިވާއިރު މުގު އެތެރެކުރެވޭ މިންވަރު 56 ޕަސެންޓަށް ވަނީ އިތުރުކޮށްފަ އެވެ.

އިންޑިއާ އިން ވަނީ އެ ގައުމުން އަސާސީ ސާމާނު އެކްސްޕޯޓު ކުރުން މަނާކުރި ދަނޑިވަޅުގައި ވެސް ރާއްޖެއަށް މި ސާމާނު އެތެެރެކުރުމުގެ ހުއްދަދީފަ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު