އާދިއްތަ, November 1
މިޔަންމާ ބިންހެލުމާއި ގުޅިގެން ކުރިމަތިވެދާނެ ނުރައްކާތެރި ސިއްހީ ހާލަތަކާ މެދު އ.ދ އިން ކަންބޮޑުވުން ފާޅުކޮށްފި

މިދިޔަ ހަފްތާގައި މިޔަންމާއަށް އައި ބިންހެލުމަކަށްފަހު ކުރިމަތިވެދާނެ ނުރައްކާތެރި ސިއްހީ ހާލަތަކާމެދު އ.ދ އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ރެކްޓާރ މިންގަނޑުން 7.7 ގެ ބާރުމިނުގައި އައި މި ބިންހަލުމުގައި މިހާތަނަށް އެގައުމުން 3000 އަށް ވުރެ ގިނަ މީހުން މަރުވެ 5000 މީހުންނަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ. އަދި މި ބިންހެލުމުގައި ސުންނާފަތިވި އިމާރާތްތަކުގެ ދަށުން މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ.

އެ ގައުމުގައި ހަރަކާތްތެރިވާ ޑަބްލިއުއެޗްއޯގެ ރެޕްރެޒެންޓެޓިވް ޑރ. ފެނާންޑޯ ތުޝާރާ ވަނީ އެ ޤައުމުން ބޭހާއި ސިއްހީ ފަރުވާދޭ އެހެނިހެނެ ތަކެތި މަދުވަމުންދާކަމާއި، ހޮސްޕިޓަލްތަކުން ކަރަންޓު ކެނޑި އަދި ފެން ލިބުމަށް ދަތިތަކެއް ކުރިމަތި ވެފައިވާކަން ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވީ މިކަންކަމަށް އަވަސް ހައްލެއް ނުލިބިއްޖެނަމަ އިތުރު ބަލިމަޑުކަމެއް ފެތުރިދާނެ ކަމުގެ ބިރު އޮތް ކަމަށެވެ.

އ.ދ ގެ ހިއުމެނިޓޭރިއަން އޮފީހުގެ ފަރާތުން ވާހަކަދެއްކި ޓޮމް ފްލެޗަރ ވިދާޅުވި ގޮތުގައި އެހީތެރިކަން ފޯރުކޮށްދިނުމުގައި ހުރި އެންމެ ބޮޑު ގޮންޖެހުންތަކަކީ ފައިސާގެ ދަތިކަމާއި ސިއްހީ ހިދުމަތްދޭ އިމާރާތްތަކަށް ލިބިފައިވާ ގެއްލުމުގެ އިތުރުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ކާނާ އާއި ސާފު ބޯފެން ފޯރުކޮށްދިނުމުގައި ހުރި ދަތިތަކެވެ.

އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތައް ވެސް މަސައްކަތް ކުރަމުން ގެންދަނީ ވަރަށް ދަތި ހާލަތެއްގައި ކަމަށް އ.ދ އިން ވަނީ ހާމަކޮށްފައެވެ. އެގޮތުން މަސައްކަތް ކުރަން ބޭނުންވާ އެކަށީގެންވާ ވަސީލަތްތައް ނެތް ކަމަށާއި، އެފަރާތްތަކުން ކަރަންޓާއި ސާފު ބޯފެނާއި ނުލައި މަސައްކަތްކުރަމުންދާ އިރު ނިދަން ޖެހެނީވެސް ހާލުގައި ޖެހިފައިވާ މީހުންނާއެކު މަގުމަތީގައި ކަންވެސް ވަނީ ފާހަގަކޮށްފައެވެ.

އ.ދ އިން ވަނީ އިތުރު އިންސާނީ ކާރިސާއެއް ހުއްޓުވުމަށް މިކަންކަމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު