Monday, November 2
ވީއައިއޭގައި ބިދޭސީންތަކެއްގެ މެދުގައި ހިނގި މާރާމާރީއެއްގައި 3 މީހަކަށް އަނިޔާވެއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހިނގި މާރާމާރީއެއްގައި 3 ބިދޭސީއަކަށް އަނިޔާވެއްޖެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އައު ޓާމިނަލް ހަދަމުންދާ ސަރަހައްދުގައި މިއަދު ހަވީރު 4:49 ހާއިރު ހިނގި މާރާމާރީއެއްގައި ތިން ބިދޭސީއަކަށް އަނިޔާވެފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ މައުލޫމާތު ދީފައެވެ.

ފުލުހުން ބުނީ، މި މާރާމާރީގައި އަނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ މިޞްރުގެ ދެ ރައްޔިތަކާއި ބަންގްލަދޭޝްގެ އެކަކު ކަމަށެވެ. އެހެންނަމަވެސް، އެއިން އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.

މި މާރާމާރީއަކީ އައު ޓާމިނަލް ހަދަމުންދާ ބިދޭސީ މަސައްކަތްތެރިންގެ މެދުގައި ޖެހުނު މައްސަލައަކާ ގުޅިގެން ހިނގި ހާދިސާއެއްކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ. އަދި މި މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށްދާކަންވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު