މިނިސްޓްރީ އޮފް ހެލްތާއި ޕީއެސްއެމްއިން އިންތިޒާމްކޮށްގެން ގެނެސްދިން މި ޕެނަލްގައި ބައިވެރިވެ ވަޑައިގެންނެވީ މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސަރވިސަސް ޑރ. އަހްމަދު އަޝްރަފު، ހުޅުމާލޭ ހޮސްޕިޓަލްގެ ކޮންސަލްޓަންޓް ސައިކިއޭޓްރީ، މެންޓަލް ހެލްތު ސެންޓަރ ޑރ. މައުމޫން ޝަރީފް، އިންދިރާގަންދީ މެމޯރިއަލް ހޮސްޕިޓަލްގެ ކޮންސަލްޓަންޓް އިން ސަބްސްޕެޝަލިސްޓް އިން ޑިވެލޮޕްމަންޓް ޕީޑިއާޓްރިކްސް ޑރ. އައިމިނަތު ފަޒުނާ އަދި ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓްގެ ޑިރެކްޓަރ އައިމިނަތު ޝަހްޒާ އެވެ. ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުން ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސަރވިސް ޑރ. އަޙްމަދު ޢަޝްރަފް ވަނީ ރާއްޖޭގައި އޯޓިޒަމް ހުންނަ ކުދިންނަށް ބޭނުންވާ ވަޞީލަތްތައް ނެތްކަން ފާހަގަކުރައްވާފައެވެ. އެގޮތުން ޑރ. އަޝްރަފް ފާހަގަކުރެއްވީ މިކަމަށް ޚާއްސަ އެއްވެސް ދިވެއްސަކު އަތޮޅުތަކުގެ ރަށްތަށުގައި ނެތުމެވެ. މުސްތަޤުބަލުގައި މިދާއިރާއިން މީހުން އުފެއްދުމަށް ސްކޫލް ކުދިންނަށް މިއީ ފުރުސަތު އޮތް ދާއިރާއެއްކަން ބުނެދިނުމަކީ މުހިއްމުކަމެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ޑރ. މައުމޫން ޝަރީފް ވިދާޅުވީ، އަތޮޅުތަކުގައި ތިބި އޯޓިޒަމް ހުންނަ މީހުންނަށް ބޭނުންވާ ފަރުވާ ދެވޭނެ އިންތިޒާމު ހަރުދަނާކުރުމަށް ސިއްޙީ ޚިދުމަތްދޭ ތަންތަނާއި އަދި ބެލެނިވެރިންވެސް މިހާރަށްވުރެ ބޮޑަށް އަހުލުވެރި ކުރުވިދާނެކަމަށެވެ. އެގޮތުން ކުދިންނަށް ބޭނުންވާ ތެރަޕީތައް ގޭގައި ދިނުމަށް ބޭނުންވާ ކުދިކުދި ކަންކަން ބެލެނިވެރިންނަށް ދަސްކޮށްދެވިދާނެކަމަށް މައުމޫން ވިދާޅުވިއެވެ.އޯޓިޒަމް ދުވަހުގެ ޕެނަލް ޑިސްކަޝަން https://t.co/hTzCSxYy94
— PSM News (@psmnewsmv) April 2, 2025
މެންޓަލް ހެލްތު ޑިޕާޓްމެންޓުގެ ޑިރެކްޓަރު އައިމިނަތު ޝަހުޒާ ވިދާޅުވީ އޯޓިޒަމްއާ ގުޅިގެން ނުވަތަ އޯޓިޒަމް ހުންނަ މީހުންނާ ގުޅިގެން ދިވެހިން ކުރިއަށްވުރެ ހޭލުންތެރިކަން ފާހަގަކުރެވިފަައިވާ ކަމަށެވެ.
ޙާއްސަ ގޮތެއްގައި އާ ޖީލުގެ ޒުވާނުން ނުވަތަ ކުދިން އަމިއްލައަށް އިސްނަގައިގެން އޯޓިޒަމްއާ ގުޅިގެން ދަސްކޮށް މައުލޫމާތު ހޯދުމަށް މަސައްކަތް ކުރާކަމަށް ވިދާޅުވި އެވެ.
"ހަމައެއާއެކު އަޅުގަނޑަށް ފާހަގަކުރެވެނީ މިހާރު އުފެދެމުން މި އަންނަ އާ ޖެނެރޭޝަންތަކުގެ ކުދިންނަށް ވެސް ހަމަ މައުލުމާތު އެ ކުދިން ވެސް އަމިއްލައަށް ހޯދައި، ތަފާތު ކުރުން ކަހަލަ ކަންތައްތަކަށް ވާހަކަދައްކާ ހަދާ. ރަނގަޅު ފާލެއް ކަމަށް އަޅުގަނޑު ބަލަނީ،" ޝަހުޒާ ވިދާޅުވި އެވެ.
މިނިސްޓްރީ އޮފް ހެލްތުން މިއަދު ވަނީ ކަމާއި ގުޅުންހުރި ދާއިރާތަކުގެ ބޭފުުންނާއި އެކު ޕޮލިސީ ލެވެލްގައި މަސައްކަތް ކުރުމަށް ބައްދަލުވުމެއް ބާއްވާފައެވެ.ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށް އެ މުޖުތަމަޢުއަކީ ތަފާތު އެކި ކަހަލަ ފަރާތްތަކާއި އެކު މަސައްކަތްކުރެވޭ ފަދަ ބާރުވެރި އަދި ޤާބިލް ބަޔަކު ދިރިއުޅޭ މުޖުތަމަޢުއަކަށް ހެދުމަށް ކަމާއި ގުޅުން ހުރި ހުރިހާ ފަރާތްތަކެއް އެކު މަސައްކަތްކުރުމަކީ މުހިންމުކަމެކެވެ. ވީމާ، މި ދުވަސް ފާހަގަކުރުމަށް ބެލެނިވެރިންނާއި، ތަޢުލީމީ ދާއިރާގެ މަސައްކަތްތެރިންނާއި، ޞިއްޙީ ޚިދުމަތްތެރިންނާއި އަދި ޢާންމު ރައްޔިތުން ބައިވެރިވުމަށް މިނިސްޓްރީ އޮފް ހެލްތުއިން ވަނީ އިލްތިމާސްކޮށްފައެވެ. އަޅުގަނޑުމެން އެކުގައި މަސައްކަތްކޮށްގެން، އޯޓިޒަމް ހުންނަ މީހުންނަށް މުޖުތަމަޢުގައި ހުރިހާ ދާއިރާއަކުން ވެސް ކުރިއެރުން ލިބޭ އޯގާތެރި މާޙައުލެއް އުފެއްދުމަށާއި އަދި މިފަދަ ފަރާތްތަކާއި މެދު ގެންގުޅޭ ނޭދެވޭ ވިސްނުން ނައްތާލުމަށް އެންމެން އަތުގުޅާލުމަށް ވެސް މިނިސްޓްރީން އިލްތިމާސްކުރިއެވެ. އޯޓިޒަމް އާއި އެއާ ގުޅުންހުރި ޑިސްއޯޑާތަކަށް ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ މީހުންގެ އާބާދީއަކީ ގާތްގަނޑަކަށް 1200 ކަމަށް އެންސްޕާގެ ތަފާސްހިސާބުތައް ދައްކައެވެ.🎥 Today’s autism awareness stakeholder session highlighted the need for stronger early intervention programs and better policy support for individuals with autism. Collaboration is key to driving meaningful change.@nmhdmv @MSFDmv @MoEdumv@igmhmv @HMH_mv#AutismAwareness pic.twitter.com/lpthiRNN9d
— Ministry of Health (@MoHmv) April 2, 2025






