Saturday, October 31
އޯޓިޒަމް އާއި ގުޅޭ ޚާއްޞަ ޕެނަލް ޑިސްކަޝަން އެއް ބާއްވައިފި
އޯޓިޒަމާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ޚާއްޞަ ފެނަލް ޑިސްކަޝަން އެއް ބާއްވައިފިއެވެ. މިނިސްޓްރީ އޮފް ހެލްތާއި ޕީއެސްއެމްއިން އިންތިޒާމްކޮށްގެން ގެނެސްދިން މި ޕެނަލްގައި ބައިވެރިވެ ވަޑައިގެންނެވީ މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސަރވިސަސް ޑރ. އަހްމަދު އަޝްރަފު، ހުޅުމާލޭ ހޮސްޕިޓަލްގެ ކޮންސަލްޓަންޓް ސައިކިއޭޓްރީ، މެންޓަލް ހެލްތު ސެންޓަރ ޑރ. މައުމޫން ޝަރީފް، އިންދިރާގަންދީ މެމޯރިއަލް ހޮސްޕިޓަލްގެ ކޮންސަލްޓަންޓް އިން ސަބްސްޕެޝަލިސްޓް އިން ޑިވެލޮޕްމަންޓް ޕީޑިއާޓްރިކްސް ޑރ. އައިމިނަތު ފަޒުނާ އަދި ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓްގެ ޑިރެކްޓަރ އައިމިނަތު ޝަހްޒާ އެވެ. ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުން ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސަރވިސް ޑރ. އަޙްމަދު ޢަޝްރަފް  ވަނީ ރާއްޖޭގައި އޯޓިޒަމް ހުންނަ ކުދިންނަށް ބޭނުންވާ ވަޞީލަތްތައް ނެތްކަން ފާހަގަކުރައްވާފައެވެ. އެގޮތުން ޑރ. އަޝްރަފް ފާހަގަކުރެއްވީ މިކަމަށް ޚާއްސަ އެއްވެސް ދިވެއްސަކު އަތޮޅުތަކުގެ ރަށްތަށުގައި ނެތުމެވެ. މުސްތަޤުބަލުގައި މިދާއިރާއިން މީހުން އުފެއްދުމަށް ސްކޫލް ކުދިންނަށް މިއީ ފުރުސަތު އޮތް ދާއިރާއެއްކަން ބުނެދިނުމަކީ މުހިއްމުކަމެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ޑރ. މައުމޫން ޝަރީފް ވިދާޅުވީ، އަތޮޅުތަކުގައި ތިބި އޯޓިޒަމް ހުންނަ މީހުންނަށް ބޭނުންވާ ފަރުވާ ދެވޭނެ އިންތިޒާމު ހަރުދަނާކުރުމަށް ސިއްޙީ ޚިދުމަތްދޭ ތަންތަނާއި އަދި ބެލެނިވެރިންވެސް މިހާރަށްވުރެ ބޮޑަށް އަހުލުވެރި ކުރުވިދާނެކަމަށެވެ. އެގޮތުން ކުދިންނަށް ބޭނުންވާ ތެރަޕީތައް ގޭގައި ދިނުމަށް ބޭނުންވާ ކުދިކުދި ކަންކަން ބެލެނިވެރިންނަށް ދަސްކޮށްދެވިދާނެކަމަށް މައުމޫން ވިދާޅުވިއެވެ. ކޮންމެ އަހަރެއްގެ އެޕްރީލް މަހުގެ 2 ވަނަ ދުވަސް އަކީ ކޮންމެ އަހަރަކުވެސް ދުނިޔޭގެ އޯޓިޒަމްއަށް ހޭލުންތެރިކަމުގެ ދުވަސް ފާހަގަކުރާ ދުވަހެވެ. މިނިސްޓްރީ އޮފް ހެލްތުއިން މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް، އަވަހަށް ފަރުވާ ފެށުމުގެ މުހިންމުކަން ފާހަގަކޮށް، އޯޓިޒަމް ހުންނަ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާތަކަށް ޚިދުމަތް ދިނުމުގައި އާއި އެހީތެރިވެދޭ ނިޒާމުތައް ހަރުދަނާކުރުމެވެ. މިދުވަހާއި ގުޅޭގޮތުން މިއަހަރަށް،  ޔުނައިޓަޑް ނޭޝަންސް (އދ.)އިން ކަނޑައަޅުއްވާފައިވާ ތީމްއަކީ "ނިއުރޯޑައިވަރސިޓީ އާއި އދ. ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ކުރިއެރުވުން" އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު