Monday, November 2
ލިވަޕޫލްއާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް އިސްތިހާރުކުރަން ފަށާތީ މައުމޫނުގެ ޝުކުރު ރައީސް މުއިއްޒަށް
ލިވަޕޫލް ފުޓްބޯޅަ ކުލަބާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް އިސްތިހާރުކުރުމަށް ފަށާ ކެމްޕޭނާ ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މުހައްމަދަށް ޝުކުރު އަދާކުރައްވައިފިއެވެ. އެމްއެމްޕީއާރުސީން ލިވަޕޫލާ ގުޅިގެން ކުރިއަށްގެންދާ "ވިޒިޓް މޯލްޑިވްސް" ކެމްޕޭން ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ އެންފީލްޑް ދަނޑުގައެވެ. މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުއިއްޒު މިހާރު ވަނީ އިނގިރޭސިވިލާތަށް ވަޑައިގެންފައެވެ. އެމަނިކުފާނަކީ 1970 ގެ އަހަރުތަކުން ފެށިގެން ލިވަޕޫލްގެ ސަޕޯޓަރެއްކަމަށް ފާހަގަކުރައްވައި މައުމޫން، ވިދާޅުވީ މި ކެމްޕޭން ފެށުމުގައި ރައީސް މުއިއްޒުގެ ބައިވެރިވެވަޑައިގަތުމަކީ އެމަނިކުފާނަށް ފުން އަސަރެއް ކުރުވި ކަމެއްކަމަށެވެ. މިރޭ ރާއްޖޭގެ ގަޑިން 11:30 ގައި ފެށޭ މި ރަސްމިއްޔާތު ޓީވީއެމް އަދި އައިސް ޓީވީން ލައިވްކޮށް ދައްކާނެއެވެ. އޭގެ ފަހުން ކުޅެވޭ ލިވަޕޫލް އަދި އެވަޓަންގެ މެޗަކީ ޕްރިމިއަރ ލީގުގެ ޕޮއިންޓް ތާވަލަށް ބޮޑު ބަދަލެއް ގެނެވިދާނެ މުހިންމު މެޗެކެވެ. މި އެއްބަސްވުމަކީ ރާއްޖޭގެ ފަތުރުވެރިކަން ބައިނަލްއަޤްވާމީ ފެންވަރުގައި އިތުރަށް އިސްތިހާރުކޮށް ކުރިއެރުވުމަށް ލިބޭ މުހިންމު ފުރުސަތެއްކަމަށް ބެލެވެއެވެ.

މި ރަސްމިއްޔާތު ޓީވީއެމް އާއި އައިސް ޓިވީން ވަގުތުން ދައްކާނެ އެވެ.

މިރޭ ރާއްޖޭގެ ގަޑިން 12 ޖަހާއިރު އެންފީލްޑްގައި ލިވަޕޫލް ނުކުންނާނީ އެ ސިޓީއަށް ނިސްބަތްވާ އަދި އެހާމެ ވާދަވެރި އެވަޓަންއާ ދެކޮޅަށެވެ. އެހެންކަމުން މިއީ މުޅި ލިވަޕޫލް ވެސް ހުއްޓުމަކަށް ގެނުވާނެ މެޗެކެވެ. ހާއްސަކޮށް ޕްރިމިއަ ލީގުގެ ތާވަލްގެ ކުރީގައި 12 ޕޮއިންޓްގެ ތަފާތެއް ގެންނަން ލިވަޕޫލަށް މިރޭގެ މެޗު އެހާމެ މުހިންމެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު