Saturday, October 31
މަނަދޫ ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލަ ހަތަރު މަސް ދުވަހުގެ ތެރޭގައި ހައްލު ކުރެވޭނެ: ފެނަކަ
މަނަދޫ ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލަ ހަތަރު މަސް ދުވަހުގެ ތެރޭގައި ހައްލު ކުރެވޭނެ ކަމުގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ބުނެފިއެވެ. ފެނަކައިން މިއަދު ބުނީ ނ. މަނަދޫ ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލައަށް ދާއިމީ ޙައްލެއް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތަކާ ގުޅޭ ސަރވޭ ކުރެވިފައިވާ ކަމަށެވެ. މީގެ އިތުރުން ޑިޒައިން ތައްޔާރުކޮށް، ކަމާބެހޭ އިދާރާތަކުން ނަގަންޖެހޭ ހުއްދަތައް ނެގުމުގެ މަސައްކަތް ކުރިޔަށް އޮތް ހަފުތާގެ ތެރޭގައި ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. ފެނަކައިން އިތުރަށް ބުނީ އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތް 4 މަސްދުވަހުގެ ތެރޭގައި މި މައްސަލަ އެއްކޮށް ޙައްލު ކުރެވިގެންދާނެ ކަމަށެވެ. މިދިޔަ ފެބުރުވަރީ މަހުގެ ހަތަރު ވަނަ ދުވަހު ފެނަކައިގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު ޢަބްދުލްކަރީމް ވަނީ ނ. މަނަދޫ ފެނަކަ ޓީމާ ބައްދަލުވެސް ކުރައްވައިފައެވެ. މި ބައްދަލުކުރެއްވުމުގައި ޚިދުމަތް ދިނުމުގައި ކުރިމަތިވާ ގޮންޖެހުންތައް ދެނެގަނެ ރައްޔިތުންނަށް ކުންފުނިން ދެމުންގެންދާ ޚިދުމަތްތައް ރަނގަޅުކުރުމަށް މަޝްވަރާކުރައްވާފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު