— Dr Mohamed Muizzu (@MMuizzu) April 2, 2025މިގޮތުން ރައީސް ވިދާޅުވީ ކޮންމެ ދިވެހި ދަރިއަކީ މި ޤައުމަށް މުހިންމު އަގުހުރި ދަރިއެއް ކަމަށެވެ. މީގެ އިތުރުން އޯޓިޒަމް ތަހައްމަލުކުރާ ކޮންމެ ކުއްޖަކީވެސް ޤައުމަށް މަންފާ ކޮށްދޭނެ އެތައް ހުނަރެއް ހުރި މޮޅު ކުދީން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެކުދީންނަށް އަޅައިލުމާއި ލޯބި ދިނުމަކީ ޤައުމީ ވާޖިބެއް ކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފައެވެ. ދުނިޔޭގެ އޯޓިޒަމް ދުވަހަކީ ބައިނަލްއަޤްވާމީ ގޮތުން ކޮންމެ އަހަރެއްގެ ވެސް އޭޕްރީލް މަހުގެ 2 ވަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ. މި ދުވަސް ފާހަގަކުރުމުގެ މަޤުޞަދަކީ، އޯޓިޒަމް ހުންނަ ފަރާތްތަކާ ބެހޭގޮތުން ދުނިޔޭގެ ފެންވަރުގައި ހޭލުންތެރިކަން އިތުރުކުރުމަށް ފިޔަވަޅުތައް އެޅުމަށް ބާރުއެޅުމެވެ.

އޯޓިޒަމް ހުންނަ ކުދީންނަށް އަޅައިލުމާއި ލޯބިދިނުމަކީ ޤައުމީ ވާޖިބެއް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ އޯޓިޒަމް އަށް ހޭލުންތެރިކުރުމުގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މި ލިޔުން ކިޔާލުމުން





