Monday, November 16
ޢީދާ ދިމާކޮށް މޯލްޑިވިއަންގެ ދަތުރުތައް އިތުރުކޮށްފި
ޤައުމީ އެއާލައިން، މޯލްޑިވިއަނުން ބައެއް މަންޒިލްތަކަށް ކުރާ ދަތުރުތައް އިތުރުކޮށްފިއެވެ. މިގޮތުން މޯލްޑިވިއަނުން ހާމަކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، އެ އެއާލައިނުން ވަނީ އޭޕްރީލް 7 ވަނަ ދުވަހު މާލެ-ގަން-މާލެ އާއި މާލެ-ކުޅުދުއްފުށި-މާލެ އަދި މާލެ-ހޯރަފުށި-މާލެ، މި ތިން ރޫޓަށް އިތުރު ފްލައިޓްތައް ތާވަލުކޮށްފައެވެ. މީގެ އިތުރުން ހަމަ އެ ދުވަހު މާލެ-ފަރެސްމާތޮޑާ-މާލެ އަދި މާލެ-ފުވައްމުލައް-މާލެ ރޫޓަށްވެސް އިތުރު ފްލައިޓުތައް ތާވަލުކޮށްފައިވެއެވެ. އަދި އޭޕްރީލް 8 ވަނަ ދުވަހު މޯލްޑިވިއަނުން ވަނީ ގަމަށާއި ތިމަރަފުއްޓަށް އިތުރު ދަތުރުތައް ކުރުމަށް ނިންމައިފައެވެ. ހަމަ އެއާއެކު އޭޕްރީލް 9 ވަނަ ދުވަހުވެސް މޯލްޑިވިއަންގެ އިތުރު ދަތުރުތަކެއް ގަމަށާއި ހޯރަފުށްޓަށް ކުރުމަށް އެ އެއާލައިނުން ވަނީ ރާވައިފައެވެ. ފިޠުރު ޢީދާ ދިމާކޮށް ސަރުކާރު ބޮޑު ޗުއްޓީއަކަށް ގޮސްފައިވާއިރު، ރަމަޟާން މަހު އެއްކޮށް ސްކޫލްތައްވެސް އޮތީ ޗުއްޓީގައެވެ. އެހެންކަމުން މި މުއްދަތުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޢީދު ޗުއްޓީއަށް ގިނަ އަދަދެއްގެ މީހުން ދަނީ ދަތުރުކުރަމުންނެވެ. މޯލްޑިވިއަނުން މިހާރު ތާވަލުކޮށްފައިވާ އިތުރު ފްލައިޓުތަކުގެ ސަބަބުން، ޗުއްޓީއަށްފަހު އެނބުރި ރަށަށް ދާން ބޭނުންވާ ފަރާތްތަކަށް ޓިކެޓު ލިބުމުގައި ލުއިފަސޭހަ ވެގެންދާނެކަން ޔަޤީނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު