މިގޮތުން އެ ވުޒާރާއިން ބުނީ އޯޓިޒަމް ހުންނަ ފަރާތްތަކަކީ މުޖުތަމަޢުގައި މުހިންމު ދައުރެއް އަދާކުރާ، އެެއްވެސް ތަފާތުކުރުމެއްނެތި މުޖުތަމަޢުގެ ހުރިހާ ކަމެއްގައިވެސް ބައިވެރިވުމުގެ ފުރުޞަތު ލިބެންޖެހޭ ބައެއް ކަމަށެވެ. "އެ ފަރާތްތަކުގެ ޤާބިލިއްޔަތުކަމާއި ހުނަރުތައް ފާހަގަކޮށް، އޯގާތެރި އަދި ޝާމިލުކުރަނިވި މުޖުތަމަޢެއް ބިނާކުރަމާ"، އެ ވުޒާރާގެ ޕޯސްޓުގައި ބުނެފައިވެއެވެ. ދުނިޔޭގެ އޯޓިޒަމަށް ހޭލުންތެރިކުރުމުގެ ދުވަހަކީ ބައިނަލްއަޤްވާމީ ގޮތުން ކޮންމެ އަހަރެއްގެ ވެސް އޭޕްރީލް މަހުގެ 2 ވަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ. މި ދުވަސް ފާހަގަކުރުމުގެ މަޤުޞަދަކީ، އޯޓިޒަމް ހުންނަ ފަރާތްތަކާ ބެހޭގޮތުން ދުނިޔޭގެ ފެންވަރުގައި ހޭލުންތެރިކަން އިތުރުކުރުމަށް ފިޔަވަޅުތައް އެޅުމަށް ބާރުއެޅުމެވެ.އޯޓިޒަމް ހުންނަ ފަރާތްތަކަކީ މުޖުތަމަޢުގައި މުހިންމު ދައުރެއް އަދާކުރާ، އެެއްވެސް ތަފާތުކުރުމެއްނެތި މުޖުތަމަޢުގެ ހުރިހާ ކަމެއްގައިވެސް ބައިވެރިވުމުގެ ފުރުޞަތު ލިބެންޖެހޭ ބައެއް. އެ ފަރާތްތަކުގެ ޤާބިލިއްޔަތުކަމާއި ހުނަރުތައް ފާހަގަކޮށް، އޯގާތެރި އަދި ޝާމިލުކުރަނިވި މުޖުތަމަޢެއް… pic.twitter.com/Xt1zrrhr8Z
— Ministry of Social and Family Development (@MSFDmv) April 1, 2025

އޯޓިޒަމް ހުންނަ ފަރާތްތަކަށް މުޖުތަމަޢުގެ ހުރިހާ ކަމެއްގައިވެސް ބައިވެރިވުމުގެ ފުރުޞަތު ލިބެންޖެހޭ ކަމުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން މިހެން ބުނެފައިވަނީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ އޯޓިޒަމް އަށް ހޭލުންތެރިކުރުމުގެ ދުވަހާ ގުޅިގެން އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
މި ލިޔުން ކިޔާލުމުން





