Monday, November 2
މަސްތުވާތަކެތީގެ މައްސަލައެއްގައި ޒުވާން އަންހެނަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމުގެ ތުހުމަތުގައި ރ. މަޑުއްވަރީ އަންހެނަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކުރެވުނު އައިޝަތު ނަޝާޔާ (30 އަހަރު) ގެ މައްޗަށް ކޯޓުން ވަނީ 15 ދުވަހުގެ ބަންދު އަމުރެއް ނެރެފައެވެ.

ކޯޓުން ނެރުނު ބަންދު އަމުރުގައި ފުލުހުން ނަޝާޔާގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމުގެ ތުހުމަތު ކުރާކަމަށް ބަޔާންކޮށްފައިވެއެވެ.

ބަންދު އަމުރުގައި އިތުރަށް ބުނެފައިވާ ގޮތުގައި، ނަޝާޔާއަކީ ކުރިންވެސް ކުށުގެ ރެކޯޑް އޮންނަ ފަރާތެކެވެ. އޭނާގެ ކުށުގެ ރެކޯޑުން ދައްކާ ގޮތުގައި ތަކުރާރުކޮށް މަސްތުވާތަކެތީގެ މައްސަލަތަކުގައި ވަނީ ހައްޔަރުކޮށްފައެވެ.

ހަމަމިއާއެކު ކުރިން ކޯޓުން ބަލަމުންދިޔަ މައްސަލައަކާ ގުޅިގެން އޭނާ ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމުގެ އަމުރެއްވެސް ނެރެފައިވާކަން ފާހަގަކުރެވެއެވެ.

ފުލުހުން ދަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު