Monday, November 16
ކޮމަންވެލްތުގެ އައު ސެކްރެޓަރީ ޖެނެރަލަށް ޚާރިޖީ ވަޒީރުގެ ތަހުނިޔާ
ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް، ކޮމަންވެލްތުގެ އައު ސެކްރެޓަރީ ޖެނެރަލް، ޝާރލީ އަޔޯރކޯރ ބޮޗްވޭ އަށް މަރުޙަބާ ވިދާޅުވެއްޖެއެވެ. މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ޑރ. ޚަލީލް ވިދާޅުވީ، ރާއްޖެއާއި ކޮމަންވެލްތުން ހިއްސާކުރާ އުސޫލުތައް ދަމަހައްޓައި، ދެ ފަރާތުން ހިއްސާކުރާ ލަނޑުދަނޑިތައް މުޅި ކޮމަންވެލްތުގައި ކުރިއެރުވުމަށް އައު ސެކްރެޓަރީ ޖެނެރަލާއެކު މަސައްކަތް ކުރައްވަން ބޭނުންފުޅުވާ ކަމަށެވެ. މީގެ އިތުރުން ވަޒީރު ވަނީ، އައު ސެކްރެޓަރީ ޖެނެރަލްގެ ލީޑަރޝިޕްގެ ދަށުގައި ކޮމަންވެލްތު ކުރިއަރައި، ކުރިއަށް އޮތް އަހަރުތަކުގައިވެސް ރާއްޖެއާއި ކޮމަންވެލްތުގެ އެއްބާރުލުން އިތުރަށް ވަރުގަދަވެގެންދާނެކަން ޔަޤީންކުރައްވާ ކަމުގައި ވިދާޅުވެފައެވެ. ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ކަމަށް ޝާލީ ބޮޗްވޭ އިންތިޚާބުކޮށްފައިވަނީ މިދިޔަ އަހަރު ސަމޯއާގައި ބޭއްވި ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ 27 ވަނަ ބައްދަލުވުމުގައެވެ. އަދި އެކަމަނާ ރަސްމީ ގޮތުން ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެންނެވީ މިއަދެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު