ދައުލަތުގެ ޢާންމު މަންފާއަކަށްޓަކައި ހިންގާނޭ މުހިންމު މަޝްރޫޢުތައް ކަނޑައެޅުމަށް އެކަށައަޅުއްވައިފައިވާ ނަންބަރު 6/2025 ޤަރާރު އަލުން އެކަށައަޅުއްވައި، އެ ޤަރާރުގެ ޖަދުވަލު 13 ގައި ބަޔާންކުރާ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލު ޙިމާޔަތްކޮށް ރައްކައުތެރިކުރުމަށާއި، ޤައުމުގެ ސުލްޙަމަސަލަސްކަން ދެމެހެއްޓުމަށްޓަކައި ކުރިޔަށް ގެންދިޔުމަށް ރާވައިފައިވާ މަޝްރޫޢުތަކަށް އެންމެ މަދުވެގެން ޚަރަދުކުރަންޖެހޭނޭ މިންވަރު، 100 މިލިއަން ޑޮލަރަށް ބޮޑުކުރައްވައިފިއެވެ.
އެ ޤަރާރުގެ ޖަދުވަލު 13 ގައި ބަޔާންކުރާ މަޝްރޫޢުތަކަށް އެންމެ މަދުވެގެން ޚަރަދުކުރަންޖެހޭނޭ މިންވަރު ކަމަށް ކުރިން ކަނޑައަޅައިފައިވަނީ 15 މިލިއަން ޑޮލަރެވެ.
ރާއްޖޭގެ މިނިވަންކަމާ ގުޅޭ މަޝްރޫޢުތަކުގެ އިތުރުން، މި ޤަރާރުގެ ޖަދުވަލުގައި ވަނީ ދައުލަތުގެ އާންމު މަންފާއަށްޓަކައި ހިންގުމަށް ސަރުކާރުން ކަނޑައަޅުއްވައިފައިވާ މަޝްރޫޢުތަކާއި، އެ މަޝްރޫޢުތައް ހިންގުމަށް ނިންމަވައިފައިވާ ސަރަޙައްދު އަދި މަޝްރޫޢުތަކަށް އެންމެ މަދުވެގެން ޚަރަދުކުރަންޖެހޭނެ މިންވަރު ބަޔާންކުރައްވާފައެވެ.
މީގެ ތެރޭގައި ރާއްޖޭގެ އެކި ރަށްރަށުގައި އެއާޕޯޓުތައް ތަރައްޤީކުރުމާއި، ރިހެބިލިޓޭޝަން ސެންޓަރުތަކާއި، ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި ބިން ހިއްކުމާއި ކޯޒްވޭތައް އެޅުން ހިމެނެއެވެ.
މި ލިޔުން ކިޔާލުމުން