Friday, November 13
ޢީދު އިންތިޒާމު ކުރި ފަރާތްތަކަށް ރައީސް ގެ ޝުކުރު

ފިޠުރު ޢީދު ކުލަގަދަކޮށް ފާހަގަކުރުމުގެ އިންތިޒާމު ހަމަޖެއްސެވި ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝުކުރު އަދާކުރައްވައިފި އެވެ.

ޢީދުގެ މުނާސަބަބުތަައް ކުލަގަދަކޮށް ފާހަގަކުރެއްވުމަކީ ރައީސް ވަރަށް އިސްކަން ދެއްވަވާ ކަމެކެވެ. ޢީދާ ގުޅުވާ ރަށުތެރެ ޒީނަތްތެރި ކުރުމާއި ކުލަބޮކިތަކުން ރަަށްތައް ދިއްލާލުން ފަދަ ކަންކަން ފެއްޓެވީ އެމަނިކުފާނުގެ އިރުޝާދުގެ ދަށުންނެވެ.

މިއީ މި ފަހުގެ ތާރީޚެއްގައި ވެެރިރަށުގައި ފިޠުރު އީދު މިހާ ކުލަގަދަކޮށް ފާހަގަކުރި ފުރަތަމަ ފަހަރެވެ.

މިނިސްޓްރީތަކާއި ކުންފުނިތަކާއި މުއައްސަސާތައް ގުޅިގެން މި ޢީދުގައި ތަފާތު ހަރަކާތްތައް ބާއްވާފައިވެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ފިޠުރު ޢީދުގެ މުނާސަބަތު ކުލަގަދަކޮށް ފާހަގަކުރުމުގެ އިންތިޒާމު ކުރައްވާ ކުޑަކުދީންނާއި އާއިލާތަކަށް އުފާވެރިކަން ގެނެސް ދިނުމުގައި ބައިވެރިވެލެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.

މާލެއާއި ހުޅުމާލެ އަދި ވިލިމާލެ ހިމެނޭހެން ރާއްޖޭގެ ގިނަ ރަށްތަކެއްގައި ބޮކިފަތިތައް ހަރުކޮށް ދިއްލާލާފައިވެ އެވެ. އަދި މާލެއާއި ހުޅުމާލެގައި ވަރަށް ފުރިހަމަ ކުޑަކުދީންގެ ހަވީރެއް ބާއްވާފައިވެ އެވެ.

ސެންޓްރަލް ޕާކުގައި ކުޑަކުދީންގެ ހަވީރެއް ބޭއްވި އެވެ. އަދި  ސެންޓްރަލް ޕާކުގައި ހަވާއެރުވުމާއެކު، ޑްރޯން ޝޯއެއް ވެސް ވަނީ ބާއްވައިފަ އެވެ.

މާލޭގައި ބޭއްވި ކުޑަކުދީންގެ ހަވީރަކީ މިހާތަނަށް ޢީދަކާ ގުޅިގެން ބޭއްވި އެންމެ ފުރިހަމަ ކުޑަކުދީންގެ ހަވީރެވެ. އެ ހަރަކާތަށް ތަރުހީބު ބޮޑުވެ އީދުގެ ތިން ދުވަހު އެ ހަރަކާތް ކުރިއަށް ގެންދަން ނިންމި އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު