Friday, November 13
އައްޑުއަށް ގެންދިޔަ ޖަނަރޭޓަރު ބޭނުންކުރަން ފަށައިފި

އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓު ކެނޑުމުގެ މައްސަލަ ހައްލުކުރުމަށް އިންޑިއާއިން ގެނައި، 1.8 މެގަވޮޓް ޖަނަރޭޓަރު ބޭނުންކުރަން ފަށައިފިއެވެ.

ކަަރަންޓް މައްސަލަޖެހި 1.8 މެގަވޮޓުގެ ޖަނަރޭޓަރު އައްޑޫ ސިޓީއަށް ގެންގޮސްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެއެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ނަޖާހު މީޑިއާތަކަށް ވިދާޅުވީ އައްޑޫ ސިޓީއަށް އަލަށް ގެންދިޔަ 1.8 މެގަވޮޓުގެ ޖަނަރޭޓަރު މިހާރު ބޭނުންކުރަން ފަށާފައިވާ ކަމަށެވެ. އަދި އައްޑޫގައި ހަލާކުވެފައި ހުރި 3 ޖަނަރޭޓަރުގެ ތެރެއިން 1 ޖަނަރޭޓަރު ހެދުމަށްފަހު މިއަދު ބޭނުންކުރަން ފަށާފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އައްޑޫގެ ޖަނަރޭޓަރުތަކަށް ދިމާވި މައްސަލައާއި ހެދި މި ރޯދަމަހު ވަރަށް ގިނައިން ކަރަންޓް ކަނޑަންޖެހުނެއެވެ. އެކަމާ ވަރަށް ބޮޑަށް ރައްޔިތުން ނުރުހުންވެސް ފާޅުކުރިއެވެ.

ފެނަކައިން ދަނީ އައްޑޫގެ ކަރަންޓް މައްސަލަހައްލުކުރުމަށް މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު