Friday, November 13
ރަސްދޫގައި ފިހުނު އަންހެން މީހާ ނިޔާވެއްޖެ

އއ. ރަސްދޫގައި ފިހުނު ދެ މީހުންގެ ތެރެއިން އަންހެން މީހާ ނިޔާވެއްޖެ އެވެ.

އުމުރުން 31 އަހަރުގެ އެ އަންހެން މީހާ ނިޔާވީ އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދެމުންދަނިކޮށް މިރެއެވެ.

މިިދިޔަ ހޯމަ ދުވަހުގެ ރޭ ހިނގި އެ ހާދިސާއާ ގުޅިގެން ފަރުވާއަށް މާލެ ގެނައި އިރު ވެސް އޭނާގެ ހަށިގަނޑު 80-90 ޕަސެންޓް އޮތީ ވަރަށް ބޮޑަށް ފިހިފަ އެވެ. އޭރު ވެސް ޑޮކްޓަރުން ވަނީ އުއްމީދު ކަނޑާލާފައި ކަމަށް އާއިލާ އިން މައުލޫމާތު ދީފައިވެ އެވެ.

އެ ހާދިސާގައި ފިރިހެނަކު ވެސް ވަރަށް ބޮޑަށް ފިހިގެން އައިޖީއެމްއެޗުގެ އައިސީޔޫގައި ދަނީ ފަރުވާދެމުންނެވެ.

އެ ދެ މީހުން ފިހުނު ހާދިސާ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. ނަމަވެސް އެ ހާދިސާއާ ގުޅޭ ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު