މިރަމަޟާން މަހު ނައިފަރުގެ މިސްކިތްތަކުގައި އިމާމްވެ ދަމުނަމާދާއި ތަރާވީހް ނަމާދު ކުރި މަދަރުސަތުލް އިފްތިތާހުގައި ކިޔަވަމުން ދާ 11 ދަރިވަރުން ކުރި މަސައްކަތުގެ އަގުވަޒަން ކޮށްފިއެވެ.
އެކުދިންގެ އަގުވަޒަން ކުރި 'ދޯކާ އެފްސީ' އިން ބުނީ އިމާމްވެ ދަމުނަމާދު ކޮށްދިން ދަރިވަރުންނަށް ފައިސާގެ އިނާމާ ހަނދާނީ ފިލާ އަދި އިމާމްވެ ތަރާވީހް ނަމާދު ކޮށްދިން ދަރިވަރުންނަށް ހަނދާނީ ފިލާ ހަވާލު ކޮށްފައިވާ ކަމަށެވެ.
އެ ޖަމުއިއްޔާ އިން ވަނީ ދަރިވަރުންނަށް މި ފުރުސަތު ފަހި ކޮށްދެއްވާފައިވާތީ ނައިފަރު ކައުންސިލަށް ޝުކުރު އަދާކުރާ ކޮށްފައެވެ. އަދި މިފަދަ ކޮންމެ ކަމެއްގައި 'ދޯކާ އެފްސީ' މެންބަރުންގެ ފަރާތުން ލިބިގެންދާ އެހީތެރިކަމާ އެއްބާރުލުމަށް އެ ފަރާތްތަކަށް ވެސް އެ ކްލަބުން ޝުކުރު އަދާކޮށްފައިވެއެވެ.
ޤުރުއާނަށް އަހުލުވެރި ދީނީ ކަންތައްތަކަށް ލޯބިކުރާކުދިން މުޖުތަމައުއަށް ނެރުމަށްޓަކައި އާއިލާތަކުން ކުރަމުން ގެންދާ ބުރަ މަސައްކަތް ފާހަގަކޮށް އެންމެހާ ބެލެނިވެރިންނަށް ވެސް 'ދޯކާ އެފްސީ' އިން ވަނީ ޝުކުރުއަދާކޮށްފައެވެ.
މި ލިޔުން ކިޔާލުމުން