Friday, November 13
މިސްކިތްތަކުގެ އިމާމުން ފިގުހުވެރިވުމަކީ ވަރަށް މުހިންމު ކަމެއް: ޝަހީމް

މިސްކިތްތަކުގެ އިމާމުން ފިޤުހުވެރިވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އިއްޔެ ހުޅުމާލޭގެ އަޒީޒާގެ މިސްކިތުގެ އިމާމާއި ބަދަލުގައި ހަަމަޖައްސާފައިވާ މީހާ އީދު ނަމާދަށް ހާޒިރު ނުވި މައްސަލައިގައި އެ ދެމީހުން ވަނީ 5 އަހަރު ދުވަހަށް ރާއްހޭގެ އެއްވެސް މިސްކިތެއްގައި އިމާމުވެ ނަމާދު ނުކުރެވޭ ގޮތަށް ސަސްޕެންޑްކޮށްފައެވެ.

އެމައްސަލައާއި ގުޅިގެން މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ، ފިޤުހުވެރިވުމަކީ ޝަރުޢުގެ ޙުކުމްތައް އެ ވަގުތެއްގެ ޙާލަތުގައި ކަން އޮތް ގޮތުގެ މައްޗަށް ފައްތައި ޢަމަލުކުރުމަށް ދަނެގަތުން ކަމަށެެވެ.

އެގޮތުން މިސްކިތްތަކުގެ އިމާމުން ފިޤުހުވެރިވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި ފިޤުހުވެރިވުމަކަށް ކޮންމެހެން މާ މަތީ ޑިގްރީއެއް އޮތުން ލާޒިމެއް ނޫން ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެ މީހުން އަޙްކާމްތަށް ތަޠްބީޤު ކުރުމަށް ދެނެގަތުން ފުދޭ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

"މިސާލަކަށް 7:00 ޖަހާ އިރު ޢީދު ނަމާދު ފަށާއިރު، 7:00 ތެދުވެ ވަގުތުން ހަށަން ބަނުމުގެ ބަދަލުގައި 7:00 ކުރިން ތެދުވެ 7:00 ވާއިރަށް ބޮޑުވެގެންވާ އެ ޖަމާއަތުގެ ސަފުތައް ތަރުތީބުކޮށްލެވޭނެހައި ވަގުތު އޮތްވައި ތެދުވެ ސަފު ތަރުތީބު ކުރުމަށް ޖާގަ ދެވޭނެ" ވަޒީރު ވިދާޅުވިއެވެ.

ހަމަ މި މަގުން ފަރުޟު ނަމާދު ކުރާނަމަ، ޖަމާއަތް ބޮޑުވި ވަރަކަށް ކިޔެވުން ކުރު ކުރުމާއި، ޖަމާޢަތުގައި ނަމާދު ކުރަމުން ދަނިކޮށް ކުޑަކުދިން ރޯ އަޑު އިވިއްޖެނަމަ ނަމާދު އަވަސް ކުރުމާއި، މިސްކިތް ކައިރީގައި އެހެނިހެން މިސްކިތްތަކާއި މީހުން ދިރިއުޅޭ ގޭގޭ ހުރި ނަމަ ތާޅަ ފިއްޔަށް ނަމާދު ކުރާ އަޑު ނުޖެއްސުމާއި އެއީ ކައިރި ކައިރީގައި ހުންނަ މިސްކިތްތަކަށް އުނދަގޫވެދާނެތީ އާއި ކައިރި ގޭގޭގައި ނަމާދުކުރަން ތިބޭ އަންހެނުންނާއި ބަލިމީހުންނާއި ނިދާފައި ތިބޭ ކުޑަކުދިންނަށް ދަތިވެދާނެތީ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެހެން ނަމަވެސް އެފަދަ ހާލަތްތަކުގައި ގޮވާ އިރު ތާޅަ ފިއްޔަށް އަޑު ދޭން ޖެހޭނެ ކަމަށާއި އެއީ ނަމާދު ވަގުތު ވަދެއްޖެކަން ގިނަ ބަޔަކަށް އިޢުލާން ކުރުމުގެ ގޮތުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު