ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ފިޠުރު ޢީދު ބަންދުގައި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގަޑިތައް އެ ކުންފުނިން އާންމުކޮށްފިއެވެ.
ސްޓެލްކޯއިން ހާމަކޮށްފައިވާ ގޮތުގައި އެ ކުންފުނީގެ މާލެ އަދި ހުޅުމާލޭގެ ސަރވިސް ސެންޓަރުތަކުން އޭޕްރީލް 1 އިން 3 އަށް އަދި އޭޕްރީލް 5 ގައި 10:00 އިން 14:00 އަށް ހުޅުވާނެއެވެ. ނަމަވެސް އޭޕްރީލް 4 ވާ ހުކުރު ދުވަހު ސަރވިސް ސެންޓަރުތައް ބަންދުވާނެއެވެ.
ފިޠުރު ޢީދު ބަންދުގައި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގަޑިތަށް pic.twitter.com/AVt8kBwUI5
— STELCO (@STELCOMALDIVES) March 31, 2025
މީގެ އިތުރުން ސްޓެލްކޯ އިން ބުނީ މާލެއާއި ހުޅުމާލެ ފިޔަވައި އެހެން ރަށްރަށުގެ ސަރވިސް ކައުންޓަރުތައް ދެން ހުޅުވުމަށް ހަމަޖެހިފައިވަނީ ފިޠުރު ޢީދު ބަންދަށްފަހު، އޭޕްރީލް 6 ވާ އާދީއްތަ ދުވަހު ކަމަށެވެ.
ނަމަވެސް އެ ކުންފުނީގެ ކޮންޓެކްޓް ސެންޓަރ، 1545 ގެ ޚިދުމަތް ރަމަޟާން މަހު ވެސް ހަފުތާގެ ހަތް ދުވަހު، 24 ގަޑިއިރު ލިބޭނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
މި ލިޔުން ކިޔާލުމުން