Monday, November 2
ފިހާރަ އަކުން 10 ކޮފީ ފުޅި ވަގަށް ނެގި މީހަކު ހައްޔަރު ކޮށްފި

މާލޭގެ ފިހާރައަކުން 10 ކޮފީ ފުޅި ވަގަށް ނެގި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

ހައްޔަރުކޮށްފައި ވަނީ ގދ. ގައްދޫ/ ކުއްޅަވަށްގެ، އިބްރާހިމް ޝާކިރު (43އ) ނަމަކަށް ކިޔާ މީހެކެވެ.

ފުލުހުން މި މައްސަލަ ތަޙުޤީޤުކުރުމަށްފަހު، އިބްރާހިމް ޝާކިރު ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ނިންމީ އޭނާ 7 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށެވެ.

ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، އިބްރާހިމް ޝާކިރަކީ މިހާތަނަށް ހައްޔަރާއި ބަންދުގެ 40 ރެކޯޑް އޮތް މީހެކެވެ.

ދުވަހެއް ދުވަހަކަށް މިފަދަ ވައްކަމުގެ މައްސަލަތައް އިތުރުވަމުން އަންނަކަން ވަނީ ފާހަގަ ކުރެވިފައެވެ.

މީގެ ދުވަސްކޮޅެއް ކުރިން މާލޭގެ އަނބު ގަހަކުން ވައްކަން ކުރި މައްސަލައެއްގައި ވެސް މީހަކު ހައްޔަރު ކުރެވުނެވެ. އެ މައްސަލައިގައި ހައްޔަރުކުރެވުނު ފަރާތަކީ ވެސް ކުރިން ދެ ފަހަރެއްގެ މަތިން އަނބު ވަގަށް ނެގުމުގެ ކުށުގައި ހައްޔަރުކޮށް ބަންދުކުރެވިފައިވާ މީހެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު