1446 ވަނަ އަހަރުގެ ޝައްވާލް މަހުގެ ފުރަތަމަ 07 ދުވަހު އިމިގްރޭޝަންގެ ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވާ ގަޑިތައް އާންމުކޮށްފިއެވެ.
އިމިގްރޭޝަނުން ބުނީ އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓަށް އެދި ހުށަހެޅޭނެ ކަމަށެވެ. ނަމަވެސް އިމިގްރޭޝަނަށް ހާޒިރުވެ ޕާސްޕޯޓަށް އެދި އޮންލައިންކޮށް ހުށަހެޅޭނީ 09:15 އިން 12:00 އެވެ. މި ޚިދުމަތް ލިބޭނީ ހަމައެކަނި ކުއްލި ހާލަތްތަކުގައި އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކަށް ކަމަށް އެ އިދާރާއިން ބުނެއެވެ.
1446 ވަނަ އަހަރުގެ ޝައްވާލް މަހުގެ ފުރަތަމަ 07 ދުވަހު އިމިގްރޭޝަންގެ ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވާ ގަޑިތައް pic.twitter.com/GwovahFyO2
— Maldives Immigration (@ImmigrationMV) March 30, 2025
މީގެ އިތުރުން މި މުއްދަތުގައި ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރުމަށް ހަމަޖެހިފައިވަނީ 09:15 އިން 12:00 އަށެވެ.
މި ޚިދުމަތްތައް ލިބޭނީ މާލެއާއި ހުޅުމާލޭގައި ހުންނަ އިމިގްރޭޝަންގެ އޮފީސްތަކުންނެވެ.
އިމިގްރޭޝަނުން ބުނީ މެޑިކަލް އެމަރޖެންސީއެއް ދިމާވެއްޖެނަމަ ގުޅާނީ 9555333 އަށް ކަމަށެވެ. މީގެ އިތުރުން ވިސާގެ ޚިދުމަތްތަކާ ގުޅިގެން އެމަރޖެންސީގެ ހާލަތުގައި ގުޅާނީ 9199153 އަށް ކަމަށް އެ އިދާރާއިން ބުނެއެވެ.
އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޜަންގެ ޚިދުމަތް ހުކުރު ދުވަސް ފިޔަވައި އެހެނިހެން ދުވަސްތަކުގެ 09:00 އިން 13:00 އަށް ލިބޭނެއެވެ.
އަދި ސީޕޯޓުގެ ޚިދުމަތް ހުކުރު ދުވަސް ފިޔަވައި އެހެނިހެން ދުވަސްތަކުގެ 08:00 އިން 17:00 އަށް އަދި 21:30 އިން 00:00 އަށް ލިބޭނެ ކަމަށާއި، މި ޚިދުމަތް ހުކުރު ދުވަހު ދިނުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ 14:30 އިން 17:00 އަށް އަދި 21:30 އިން 00:00 އަށް ކަމުގައި އިމިގްރޭޝަނުން ބުންޏެވެ.
މި ލިޔުން ކިޔާލުމުން