Monday, November 2
މާލޭގައި އުޅަނދު ދުއްވުން މަނާކުރި އިއުލާން ބާތިލު ކޮށްފި

މިއަދު ހަވީރު މާލޭ ސަރަހައްދުގައި ވެހިކަލް ދުއްވުން މަނާ ވަގުތުތައް ކަނޑައަޅާފައިވާ އިއުލާން ޓްރާންސްޕޯޓް މިނިސްޓްރީން ބާތިލުކޮށްފިއެވެ. މި ނިންމުން އައިސްފައިވަނީ އީދު ދުވަހާ ގުޅިގެން ރޭ ނެރެފައިވާ އިއުލާނެއް އަނބުރާ ގެނައުމާ ގުޅިގެންނެވެ.

ރޭ ނެރުނު އިއުލާނުގައި ބުނެފައިވަނީ، އީދު ދުވަހު ހަވީރު 16:00 އިން 18:00 އަށް އިންޖީނުލީ އުޅަނދުތައް މާލޭ ސަރަހައްދުގައި ދުއްވުން މަނާވާނެ ކަމަށެވެ. އަދި ހަވީރު 16:00 އިން ރޭގަނޑު 23:30 އާއި ދެމެދު މާލޭ ސަރަހައްދުގައި ބަރު އުޅަނދު ދުއްވުން މަނާ ވާނެ ކަމަށް ވެސް އެ އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

ނަމަވެސް، މިއަދު ހަވީރު ޓްރާންސްޕޯޓް މިނިސްޓްރީން އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މާލެ ސަރަހައްދުގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތު ކަނޑައެޅުމާއި ގުޅޭ ގޮތުން މިނިސްޓްރީން އިއްޔެ ނެރުނު އިއުލާނު ބާތިލު ކޮށްފައިވާ ކަމަށެވެ.

މި ނިންމުމާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން ވެސް ވަނީ ހުޅުމާލޭގައި ވެހިކަލް ދުއްވޭނެ ކަމަށް އަންގާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު