ގިނަ ބައެއްގެ ޝައުޤުވެރިކަން އަމާޒުވެފައިވާ ދިރާގުގެ ގުޑިފެސްޓް މިއަދު އައްޑޫ ސިޓީގައި ބޭއްވުމަށް ނިންމައިފިއެވެ.
މިގޮތުން ދިރާގުން ހާމަކޮށްފައިވާ ގޮތުގައި ގުޑިފެސްޓް އޮންނާނީ މިއަދު 16:00 އިން 17:00 އަށް އައްޑޫ ސިޓީ ސްކޮއަރގައެވެ.
🌟Dhiraagu Gudifest is coming to Addu City!🎉
Join us for an evening of fun, tradition, and free kites at Addu City Square, S. Hithadhoo today, 30 March from 16:00 - 17:00 hrs.
Don’t miss out on the excitement—bring your friends and family for a memorable time!… pic.twitter.com/HGF21zAQ3s
— Dhiraagu (@Dhiraagu) March 30, 2025
އަދި ކޮންމެ ކުއްޖަކަށްވެސް ހިލޭ ގުޑިއެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. މި ގުޑިފެސްޓްގައި ހުރިހާ އުމުރުފުރާއެއްގެ ކުދިންނަށްވެސް ބައިވެރިވެވޭނެއެވެ.
ދިރާގު ގުޑިފެސްޓަކީ ރަމަޟާން މަހުގެ ހަވީރު ގުޑި އުދުހުމުގެ ސަގާފަތުގައި ކުޑަކުދިން ބައިވެރިވުމަށް ހިތްވަރު ދިނުމުގެ ގޮތުން 2023 ވަނަ އަހަރު އެ ކުންފުނިން ފެށި ހަރަކާތެކެވެ. 1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ގުޑިފެސްޓް ހަރަކާތް ބޭއްވީ މާލޭ އުސްފަސްގަނޑު ސަރަހައްދުގައެވެ.
މި ލިޔުން ކިޔާލުމުން