Saturday, October 31
އައިޑީ ކާޑު ޕްރިންޓުކުރުމުގެ ޚިދުމަތް ގދ. އަތޮޅުގައި ފަށައިފި
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން އައިޑީ ކާޑު ޕްރިންޓުކުރުމުގެ ޚިދުމަތް ގދ. އަތޮޅަށް ފުޅާކޮށްފިއެވެ. މިގޮތުން ޑީއެންއާރުން ހާމަކުރި ގޮތުގައި އައިޑީ ކާޑު ޕްރިންޓުކުރުން ލާމަރުކަޒުކޮށް، ގދ. އަތޮޅުގެ ރަށްރަށަށް ވީހާވެސް ގާތުން އެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަޤުޞަދުގައި އެ އިދާރާއާއި ގދ. އަތޮޅު ކައުންސިލްގެ އިދާރާއެކު ފަހުމުނާމާއެއްގައި ވަނީ ސޮއިކުރެވިފައެވެ. މި ފަހުމުނާމާގެ ދަށުން ގދ. އަތޮޅުގެ ހުރިހާ ރަށްތަކަށް އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ އަތޮޅު ކައުންސިލުންނެވެ. މީގެ ސަބަބުން އައިޑީ ކާޑު ޑެލިވަރީ ކުރުމަށް ދާ ވަގުތު ވަރަށް ބޮޑު ތަނުން ކުޑަވެ، ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް ޑީއެންއާރުން ބުންޏެވެ. މިއީ މާލެއިން ބޭރުގައި އައިޑީ ކާޑު ޕްރިންޓުކުރުމުގެ ޚިދުމަތް ފޯރުކޮށްދޭ 14 ވަނަ ތަނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު