Friday, November 13
އީދު ނަމާދަށް އިމާމު ނައުމުން ފިޔަވަޅު އަޅައިފި

ހުޅުމާލެ އަޒީޒާ މިސްކިތުގައި އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ ދެ އިމާމުން، ނަމާދަށް ހާޒިރު ނުވުމުގެ ސަބަބުން، ފަސް އަހަރު ދުވަހަށް ޚުތުބާ ކިޔުމުން ސަސްޕެންޑު ކުރަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓްރީގެ މީޑިޔާ ގުރޫޕްގައި މިކަން ހިއްސާ ކުރަށްވަމުން މިނިސްޓަރ ޝަހީމް ވިދާޅުވީ،  ހުޅުމާލެ އަޒީޒާ މިސްކިތުގައި ޢީދު ނަމާދުކުރުމަށް އިމާމުކަން ޙަވާލުކޮށްފައިވާ މީހާއާއި، އޭނާގެ ބަދަލުގައި ހަމަޖައްސާފައިވާ މީހާ މިއަދު މިސްކިތަށް ހާޒިރުނުވާތީވެ، އުޞޫލުގެ ތެރެއިން މައްސަލަ ބަލައި 5 އަހަރު ދުވަހަށް ރާއްޖޭގެ ހުރިހައި ރަށެއްގައި ޚުޠުބާ ކިއުމުން ސަސްޕެންޑްކުރަން އަންގާފައިވާނެ ކަމަށެވެ.

އަދި އިމާމުގެ ބަދަލު އިމާމުގެ ގޮތުގައި ހަމަޖައްސާފައިވަނީ މިސްކިތަށް ހާއްސަކޮށް ކަނޑައަޅައިފަިވާ އިމާމުކަމުން، މިނިސްޓްރީއަށް ނާންގައި ޖަމާޢަތަށް ހާޒިރުނުވާތީވެ އެމައްސަލަ ވެސް ވަކިން ބަލައި އުޞޫލުގެ ތެރެއިން އިމާމުކަމުގެ ވަޒީފާއިން ސަސްޕެންޑްކުރުމަށްވެސް އަންގަވާފައިވާނެ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

އަޒީޒާ މިސްތުގައި އީދު ނަމާދު ކުރާނެ މީހަކު ނުވުމުން އިމާމުވެ ނަމާދުކޮށް ހުތުބާ ކިޔާފައިވަނީ ބިދޭސީއެކެވެ. އޭނާ ހުތުބާ ކިޔާފައިވަނީ އަރަބި ބަހުންނެވެ.

އެމިސްކިތުގައި އީދު ނަމާދު ކުރަން ފެށިފައިވާނީ 7:07 ވިފަހުންނެވެ.

ފިތުރު އީދު ނަމާދުކުރުމަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސާފައިވާ މައިދާންތަކުގައި ކުރެވުނު ފިތުރު އީދު ނަމާދުގައި، ހުރިހާ އުމުރުފުރާއެއް ހިމެނޭ ގޮތަށް ދެޖިންސުގެ ގިނަ ބަޔަކު ބައިވެރިވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު