Friday, November 13
ހުޅުމާލޭގައި ޑްރޯން ޝޯވް އަކާއި އެކު މިރޭ ހަވާއަރުވަނީ

ފިތުރު އީދު ކުލަގަދަކޮށް ފާހަގަކުރަން މިރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ޑްރޯން ޝޯވް އަކާއި އެކު ހަވާ އަރުވަން ނިންމައިފި އެވެ.

އެޗްޑީސީއިން ބުނީ، މިރޭ 8:30 ގައި ޑްރޯން ޝޯއެއް ތިރީސް މިނެޓަށް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އެއަށްފަހު 9:00 ގައި ހަވާ އަރުވާނެ ކަމަށެވެ. އެފަދަ ހަރަކާތެއް ބޭއްވުމުގެ ބޭނުމަކީ، އީދުގެ އުފާ ކުލަ ގަދަކޮށް ފާހަގަކުރުން ކަމަށް އެ ކުންފުނިން ބުންޏެވެ.

އީދާ ދިމާކޮށް ސެންޓްރަލް ޕާކުގައި މިއަދު ހާއްސަ ކުޑަކުދިންގެ ހަވީރެއް ވެސް 4:00 އިން 6:00 އޮންނާނެއެވެ.

ހުޅުމާލޭގައި ބާއްވާ ޢީދު ހަވީރުގައި ރަށުގެ އެކި ސަރަހައްދުތަކުގައި ޚާއްޞަ ހަރަކާތްތަކެއް ދިއްލާލުމަށް ހަމަޖެހިފައިވެއެވެ. އަދި މި ހަވީރުގައި ހިތްގައިމު ހަރަކާތްތަކަކާއި ޖާދޫވެރި ރޭގަނޑެއް ތަޖުރިބާކުރުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް އެޗް.ޑީ.ސީން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު