Saturday, October 31
ފިތުރު ޒަކާތުގެ ގޮތުގައި 13 މިލިއަން ރުފިޔާ
ފިތުރު ޒަކާތުގެ ގޮތުގައި 3 މިލިއަން ރުފިޔާ މިއަހަރަކީ ފިޠުރު ޒަކާތުގެ ގޮތުގައި އެންމެ ގިނަ ފައިސާ ލިބުނު އަހަރު  ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ. މިއަހަރު ފިތުރު ޒަކާތުގެ ގޮތުގައި ވަނީ 13 މިލިއަށް ވުރެ ގިނަ ރުފިޔާ ލިބިފައެވެ. ވޭތުވެދިޔަ ފަސްއަހަރު ލިބިފައިވާ ފިތުރު ޒަކާތުގެ ތަފްޞީލަށް ބަލާއިރު 2023 އަދި 2024 ވަނަ އަހަރު  12 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވެއެވެ. 2022 ވަނަ އަހަރު 11 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވެއެވެ. މިއަހަރަކީ  ދަފްތަރު ކުރެވިފައިވާ ފަޤީރުންނަށަ އެއް ހަމައަކުން ފައިސާވެސް ޖަމާކުރެވޭ އަހަރުކަން ވެސް ފާހަގަކުރެވެއެވެ. ފަޤީރުންގެ ދަފްތަރުފައިވާ ކޮންމެ ފަރުދަކަށް ފިޠުރު ޒަކާތުގެ ގޮތުގައި 4500 ރުފިޔާ ވަނީ ޖަމާކޮށްފައެވެ. އަދި 5 ލައްކަ ރުފިޔާ ފަލަޞްޠީނުގެ ޣައްޒާގެ ކުޑަކުދިންގެ ކާބޯ ތަކެއްޗަށް އިންޝާ ﷲ ހަދިޔާކުރަންވަނީ ނިންމާފައެވެ. ގޮވާމުން މާލެ އޭރިއާގެ ކޮންމެ ފަޤީރަކަށް 15 ކިލޯ ޖެހުނު ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ. މިނިސްޓަރ ޝަހީމް ވަނީ މިކަމަށް ދިވެހި ރައްޔިތުންނަށް ޝުކުރުވެސް ދަންނަވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު