Monday, November 2
އީދު ދުވަހު ވެހިކަލް ދުއްވުން މަނާ ވަގުތުތަކެއް ކަނޑައަޅައިފި

ފިޠުރު ޢީދު ދުވަސް ފާހަގަ ކުރުމުގެ ގޮތުން، މާދަމާ ހަވީރު 16:00 އިން 18:00 އަށް މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހިމެނޭ ޢާންމު ހުރިހާ މަގުތަކަކީ ވެހިކަލް ދުއްވުން މަނާ ސަރަހައްދުތަކެއްގެ ގޮތުގައި ހަމަޖައްސައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 04 ވަނަ ދައުރުގެ 150 ވަނަ ރަސްމީ އާންމު ބައްދަލުވުމުގައި ކަމަށް ކައުންސިލުން މިރޭ ވަނީ އާންމުކޮށްފައެވެ.

މި ނިންމުމާ ގުޅިގެން، އިމަޖެންސީ ޙާލަތުގައި ދަތުރުކުރާ ވެހިކަލްތަކަށް ދޫކުރާ ޚާއްޞަ ސްޓިކަރ ކައުންސިލްގެ ޢާންމު ޚިދުމަތާއި ބެހޭ ބައިން މާދަމާ ހެނދުނު 08:00 އިން މެންދުރުފަހު 14:00 އަށް ދޫކުރާނެ ކަމަށް ކައުންސިލުން ހާމަކޮށްފައިވެއެވެ.

ކައުންސިލުން އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، ގްރޭޓަރ މާލެ އޭރިއާގައި ހިމެނޭ މާލެ، ހުޅުމާލެ އަދި ވިލިމާލޭ މަގުތަކުގައި މާދަމާ ހަވީރު 16:00 އިން 18:00 އަށް، އިންޖީނުލީ އަދި ބެޓެރި އުޅަނދު ދުއްވުމަކީ މަނާކަމެކެވެ. އަދި މި އެންގުމާ ޚިލާފުވާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް ކައުންސިލުން ވަނީ އިންޒާރުދީފައެވެ.

މި ފިޔަވަޅަކީ ޢީދު ދުވަހުގެ އުފާވެރިކަން ރައްޔިތުންނާ ހިއްސާކުރުމަށާއި، މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅާފައިވާ ފިޔަވަޅެއް ކަމަށް ބެލެވެއެވެ. މި ނިންމުމުގެ ސަބަބުން ޢާއިލާތަކަށާއި ކުޑަކުދިންނަށް މަގުމަތީގައި މިނިވަންކަމާއެކު ހިނގާބިނގާވެ އުޅުމުގެ ފުރުޞަތު ލިބިގެންދާނެއެވެ

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު