Friday, November 13
މާދަމާއަކީ ފިތުރު އީދު ދުވަސް
ރާއްޖެއަށް ވެސް، މާދަމާއަކީ ފިތުރު އީދު ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން އިއުލާންކޮށްފިއެވެ. ސައުދީ އަރަބިއަށް ވެސް މިރޭ ހަނދު ފެނި، ފިތުރު އީދު ދުވަހަކީ މާދަމާ ކަމަށް ވަނީ އިއުލާންކޮށްފައެވެ. ޝައްވާލު މަހުގެ ހަނދު ނުފެންނަ ކަމަށް ނިންމާ އަވަށްޓެރި ބައެއް ޤައުމުތައް ކަމަށްވާ މެލޭޝިއާ، އިންޑިއާ، ޕާކިސްތާން، ބަނގްލަދޭޝް އިން ވަނީ ހޯމަ ދުވަސް އެއީ އީދު ކަމަށް ނިންމާފައެވެ.

މި އަހަރު ރާއްޖެއާއި ބޭރުގެ އެހެން ގައުމުތަކުގައި ވެސް އިލްމުވެރިން ވަނީ، މިއީ 29 ރޯދައިގެ މަހަކަށް ވެދާނެ ކަމަށް ލަފާކޮށްފައެވެ.

ނަމަވެސް ހުރިހާ ގައުމެއްގައި ވެސްވަނީ، އީދު ދުވަސް ކަނޑައަޅާނީ ހަނދު ފެނުމުންކަން ފާހަގަކޮށް، 30 ވަނަ ރޯދަ ވެސް ހިފުމަށް ތައްޔާރަށް ތިބުމަށް އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު