Friday, November 13
ކުޅިވަރުގެ 77 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީ، ފެނަކަ އަދި އާރުޑީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުޅިވަރު ތަރައްޤީ ކުރުމަށްޓަކައި، ކުޅިވަރުގެ 77 މަޝްރޫއެއް ހިންގުމަށް ތިން ކުންފުންޏަކާއި ހަވާލުކޮށްފިއެވެ. އެ ތިން ކުންފުންޏަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، (އެމްޓީސީސީ) ފެނަކަ ކޯޕަރޭޝަންސް އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެވެ.

މިނިސްޓްރީ އޮފް ސްޕޯޓްސް އެންޑް ފިޓްނެސް ރެކްރިއޭޝަންއާއި އެކު މި ކުންފުނިތަކުން މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި މިނިސްްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. އަބުދުﷲ ރާފިއުއެވެ. ކުންފުނިތަކުގެ ފަރާުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރުންނެވެ.

ކުޅިވަރުގެ 77 މަޝްރޫއުގެ ތެރެއިން 23 ރަށެއްގައި ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް ހަވާލުކުރީ ފެނަކަ ކޯޕަރޭޝަނާއެވެ. މި އެއްބަސްވުމުގެ ދަށުން އައުޓްޑޯ ޖިމް، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް، ފުޓްސަލް ދަނޑުތައް، ފުޓްބޯޅަ ދަނޑުތައް، ބެޑްމިންޓަން ކޯޓު އަދި ވޮލީބޯޅަ ކޯޓުތައް ތަރައްޤީ ކުރުމުގެ މަސައްކަތް ހިމެނެއެވެ.

ދެ އަހަރުގެ ތެރޭގައި ކުޅިވަރުގެ ތެރެއިން ރައްޔިތުންނަށް އުފާވެރިކަން ގެނެސްދީ، ދުޅަހެޔޮ ހަށިހެޔޮ މުޖުތަމަޢުއެއް ބިނާކޮށް، މޮޅެތި ކުޅުންތެރިން އުފެއްދުމަށް މަގުފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދު ފުއްދުމުގައި މިއަދު މި އެޅުނީ… pic.twitter.com/hhyngHvcQS

ދެ އަހަރުގެ ތެރޭގައި ކުޅިވަރުގެ ތެރެއިން ރައްޔިތުންނަށް އުފާވެރިކަން ގެނެސްދީ، ދުޅަހެޔޮ ހަށިހެޔޮ މުޖުތަމަޢުއެއް ބިނާކޮށް، މޮޅެތި ކުޅުންތެރިން އުފެއްދުމަށް މަގުފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދު ފުއްދުމުގައި މިއަދު މި އެޅުނީ މުހިންމު ފިޔަވަޅެއް ކަމަށް ސްޕޯޓްސް މިނިސްޓްރީން މައުލޫމާތުދެއެވެ.

މި އެއްބަސްވުންތަކުގެ ދަށުން އައުޓްޑޯ ޖިމް، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް، ފުޓްސަލް ދަނޑުތައް، ފުޓްބޯޅަ ދަނޑުތައް، ބެޓްމިންޓަން ކޯޓު އަދި ވޮލީބޯޅަ ކޯޓުތައްވެސް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ތަރައްޤީކުރާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއްވައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު