Friday, November 13
12 ރަށުގައި ކުޑަކުދިންގެ ޕާކް ހަދަން 3 ކުންފުންޏަކާ ހަވާލުކޮށްފި
12 ރަށުގައި ކުޑަކުދިންގެ ޕާކް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއިން އެމް.ޓީ.ސީ.ސީ، އާރު.ޑީ.ސީ އަދި ފެނަކައާއެކު މިއަދު ސޮއިކުރައްވައިފި. އެގޮތުން ނ.ވެލިދޫ އަދި ނ. ކެނދިކުޅުދޫގައި ކުޑަކުދިންގެ ޕާކް ތަރައްޤީ ކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި އެކު އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މިއެއްބަސްވުމުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އަލީ ޒުހެއިރު އެވެ. ށ. ކޮމަންޑޫ، ނ.ފޮއްދޫ، ނ.މަނަދޫ އަދި ފ. ނިލަންދޫ ގައި ކުޑަކުދިންގެ ޕާކް ތަރައްޤީ ކުރުމަށް ހަވާލުކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ، އެމްޓީސީސީއާއެވެ. މި ރަސްމިއްޔާތުގައި ށ. ފީވަކާއި، ނ. ހެނބަދޫއާއި، ނ. މާޅެންދޫއާއި އަދި ނ. ކުޑަފަރީގެ އިތުރުން މ. ވޭވަށާއި، މ. މަޑުއްވަރީގައި ޕާކު ތަރައްޤީކުރުމަށް ސޮއިކުރީ ފެނަކަ ކޯޕަރޭޝަނާއި އެކުގައެވެ. މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާރމަނަންޓް ސެކްރެޓަރީ ޑރ. ފާޠިމަތު މުނާއެވެ. ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީ އެމްޑީ މޭޖަރ ރިޓެއާޑް މުޙައްމަދު ނަޖާޙެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރާއި، ސްޓޭޓް މިނިސްޓަރ އަޙްމަދު ރަޝީދު ވާހަކަފުޅުދެއްކެވިއެވެ. މިއަދު ސޮއިކުރެވުނު ކުޑަކުދިންގެ ޕާކުތައް ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭ ނިންމުމަށް ވަނީ ހަމަޖެހިފައެވެ.  

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު