Friday, November 13
މަތީ ތައުލީމުގެ 500 ލޯނު ފުރުސަތު ހުޅުވާލައިފި

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމަށް ސަރުކާރުން ދޫކުރާ ލޯނު ސްކީމުގެ ދަށުން 500 ލޯނު ފުރުސަތަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މި އަހަރު ހުޅުވައިލަަނީ 500 ލޯނު ފުރުސަތަށް ކަމަށެވެ.

މި ލޯނު ސްކީމުގެ ދަށުން ދެ ބާވަތެއްގެ ލޯނު ދޫކުރާނެއެވެ. އެއީ މިހާރު ކިޔަވަމުންދާ ދަރިވަރުން ކިޔެވުން ފުރިހަމަކުރުމަށް ދޫކުރާ ލޯނާއި، އަލަށް ކިޔަވަން ފަށަން ބޭނުންވާ ދަރިވަރުންނަށް ދޫކުރާ ލޯނެވެ.

ކިޔެވުން ފުރިހަމަކުރަން ދޫކުރާ ލޯނަކީ ކުރިން ދޫކުރި ލޯނު އެހީ ދޫކުރަން ކަނޑައަޅަފއިވާ މުއްދަތުގެ ތެރޭގައި ދަރިވަރުގެ އިހުތިޔާރުން ބޭރު ސަބަބެއް މެދުވެރިވެގެން ކޯސް ފުރިހަމަނުކުރެވޭ ދަރިވަރުންނަށް ކޯސް ފުރިހަމަކުރުމަށާއި، ފުރިހަމަކުރި ކޯހާ ގުޅިގެން އިންޓާންޝިޕެއް ހަދަންޖެހޭނަމަ ދަރިވަރުންނަށް އެހީތެރިވުމަށް ދޫކުރާ ލޯނެކެވެ.

މި ލޯނުގެ ގޮތުގައި ދޫކުރަން ހަމަޖެހިފައިވަނީ 700،000 ރުފިޔާއަށްވުރެ ބޮޑުނުވާ އަދަަދަކަށެވެ.

އަލަށް ކިޔަވަން ފަށާ ދަރިވަރުންކަމަށް މި ސްކީމުގެ ދަށުން ބަލާނީ ލޯނަށް ހުށަހަޅަން ދީފައިވާ މުހުލަތުގެ ތެރޭގައި މަތީ ތައުލީމު ދޭ މަރުކަޒެއްގައި ރަސްޖިސްޓްރީވެފައި ނެތް ނުވަތަ ޓިއުޝަން ފީ ދައްކާފައިނުވާ ދަރިވަރުންނެވެ.

ލޯނަށް އެދި ހުށަހެޅުމުގެ މުހުލަތު ހަމަވާނީ އޭޕްރީލު މަހުގެ 30 ވަނަ ދުވަހުއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު