އާދިއްތަ, November 1
މާމެންދޫގެ އިޚްތިޞާޞްގައި އެ އަތޮޅު ހުޅިމެންދޫ ހިމެނުއްވުމަށް ނިންމަވައިފި

ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫގެ އިޚްތިޞާޞްގައި އެ އަތޮޅު ހުޅިމެންދޫ ހިމެނުއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

އެ މަނިކުފާނު މިގޮތަށް ނިންމަވާފައިވަނީ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 1-56 ވަނަ މާއްދާގެ (ހ) އިން، ދިވެހިރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިޚްތިޞާޞް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން، އެމަނިކުފާނު މިއަދު ނެރުއްވި، ނަންބަރު 2025/8 ވަނަ ޤަރާރުންނެވެ.

މާމެންދޫގެ އިޚްތިޞާޞަށް ގެނައި ބަދަލު ދައްކުވައިދޭ ޗާޓު ޖަދުވަލުކޮށް، މި ޤަރާރު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސާދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާބެހޭ ގަވާއިދުގެ ދަށުން، 28 ރަށެއް ކައުންސިލްތަކަށް ދޫކުރުމަށް ސަރުކާރުން ވަނީ ހުޅުވާލާފައެވެ.

ކައުންސިލްތަކުން އެދޭ، އެ އަތޮޅެއްގައި ހިމެނޭ ރަށްރަށާއި ފަޅުތަކުގެ ތެރެއިން، އާމްދަނީ ހޯދުމަށް އެ ކައުންސިލަކަށް ރަށެއް ނުވަތަ ފަޅެއް ވަކި އުސޫލުތަކެއްގެ ދަށުން ލިބޭނެގޮތެއް، ރައީސް ވަނީ ހަމަޖައްސާފައެވެ.

ގާނޫނު ބުނާގޮތުން، މީހުން ދިރިއުޅޭ ރަށްރަށާ 700 މީޓަރާ ހަމައަށް ހުންނަ ފަޅު ރަށްރަށާއި ފަޅުތައް އެއީ އެ ރަށްރަށުގެ އިޚްތިސާސް ތެރޭގައި ހިމެނޭ ތަންތަނެވެ. އަދި އޭގެ ބޭރުން ވެސް ބައެއް ރަށްރަށުގެ އިޚްތިސާސްގެ ތެރެއަށް ރަށްރަށް ހިމަނާފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު