ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ގައި ބައިވެރިވުމުގެ ސުންގަޑި ސަރުކާރުން އިތުރުކޮށްފިއެވެ.
މި މުއްދަތު އިތުރު ކޮށްފައިވަނީ އަންނަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހާ ހަމައަށެވެ. މައުރަޒުގައި ބައިވެރިވުމުގެ ސުންގަޑީގެ ގޮތުގައި ކުރިން ކަނޑައަޅާފައި އޮތީ މި މާރޗް މަހުގެ 31 އެވެ. މި މުއްދަތު އިތުރު ކުރުމަށް ނިންމާފައިވަނީ، ރަމަޟާން މަހުގެ ފަހު ދިހައެއްގައި ސަރުކާރު ބަންދުވުމާއި، ޢީދު ޗުއްޓީއާ ގުޅިގެން ބަންދު ދުވަސްތަކެއް އަންނާތީ، ވަރަށް ގިނަބަޔަކު އާޢިލީ ޗުއްޓީގެ ގޮތުގައި އެދުވަސްތައް ހޭދަކުރާ ކަމަށް ބެލެވޭތީ، ވީހާވެސް ގިނަ ބަޔަކަށް ފުރުޞަތު ދިނުމުގެ ގޮތުންނެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ރަޖިސްޓްރީ ކުރެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން އީ-ގަވް މެދުވެރިކޮށް އޮންލައިންކޮށް ފޯމް ހުށަހެޅުމުގެ އިތުރުން، މި މައުރަޒަށް ޚާއްޞަ ވެބްސައިޓް، www.expo.mv ގައިވާ ފޯމް، އީމެއިލްގެ ޒަރިއްޔާއިންނާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުގެ ހެޑް އޮފީހުން، އަދި އަތޮޅުތަކުގައި ހުންނަ ބީސީސީގެ ބިޒްނަސް ސެންޓަރތަކުން ބަލައިގަނެވޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސައިފައެވެ.
މީގެ އިތުރުން މައުރަޒުގައި ބައިވެރިވާ ފަރާތްތަކުން ބޭނުން ޢަދަދަކަށް ތަކެތި ބައިވެރި ކުރެވޭނެ ފުރުޞަތުވެސް މިހާރު ވަނީ ހުޅުވާލާފައެވެ.
މަޢުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ މެއި މަހުގެ 23 އިން 31 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
މި ލިޔުން ކިޔާލުމުން