Saturday, October 31
ޤުރުއާން ހަތިމް ކުރެވުނު ތަރާވީހު ނަމާދުގައި 4 މިލިއަން ވުރެ ގިނަ މީހުން
ޤުރުއާން ހަތިމް ކުރެވުނު ތަރާވީހު ނަމާދުގައި 4 މިލިއަން ވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށް ދެ ޙަރަމްގެ ޚަބަރުތައް ގެނެސްދޭ މަސްދަރުތަކުން ބުނެފިއެވެ. މިއީ ޙައްޖަށް މީހުން ދާ އަދަދަށްވުރެ މަތީ އަދި ރެކޯޑް ޢަދަދެކެވެ. އަދި މިއީ މިހާތަނަށް ހަރަމަފުޅުގައި އެއްފަހަރާ އެންމެ ގިނަ ބަޔަކު އެއްފަހަރާ ޖަމާވި ފުރަތަމަ ފަހަރެވެ. ރޭވެސް ވަނީ މައްކާގެ ހަރަމްފުޅާއި އެ ސަރަހައްދުގައިވާ މަގުތައް ފުރި ބާރުވެފައެވެ. މިއަހަރުގެ ރަމަޟާން މަސް ވެގެން މިދިޔައީ މައްކާގެ މަސްޖިދުލް ހަރަމަށް ރެކޯޑު އަދަދަކަށް އުމުރާ އަށާއި  އަޅުކަންއަދާކުރަން ޒިޔާރަތްކުރި މަހަކަށެވެ. އެގޮތުން ރަމަޟާން މަހުގެ ފަހު ދިހައިގެ ހެޔޮ ދަރުމައާއި ސަވާބު ހޯދުމަށް އެދި މި ރަމަޟާން މަހުގެ 27 ވިލޭރޭ އެކަނި ވެސް އެ މިސްކިތަށް 3.4 މިލިއަން މުސްލިމުން ޖަމާވެފައިވާއިރު މިއީ ތާރީހުގައި ވެސް އެއް ރެއެއްގައި އެންމެ ގިނަ އަދަދެއްގެ މީހުން އެ މިސްކިތަށް އައި ރެއެވެ. އެންމެ ގިނަ މުސްލިމުން ހައްޖުގެ އަޅުކަން އަދާކުރި 2012 ގައި ވެސް އެ އަޅުކަމަށް ސައޫދީއަށް ގޮސްފައިވަނީ 3.16 މިލިއަން މުސްލިމުންނެވެ. ހަރަމްފުޅުގެ ޖާގަ ބޮޑު ކުރުމަށް ސައޫދީ އަރަބިއާއިން ކުރިއަށް ގެންދިޔަ ތިންވަނަ މަޝްރޫއު ދާދިފަހުން ނިމިފައިވާއިރު އެ މިސްކިތުގައި އެއްފަހަރާ ނަމާދު ކުރެވޭ މީހުންގެ އަދަދު ވެސް ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފަ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު