ޢީދު އަލި ދިއްލުމުގެ ރަސްމިއްޔާތުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ބައްލަވާލައްވައިފިއެވެ.
ޢީދު އަލި ދިއްލުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. ވަޒީރު ވަނީ ސެންޓްރަލް ޕާކަށް ވަޑައިގެން، ރަސްމިއްޔާތުގެ އެންމެ ފަހުގެ ތައްޔާރީތައް ރޭ ބައްލަވާލައްވައިފައެވެ.
ހުޅުމާލެ ސެންޓްރަލް ޕާކްގައި މާދަމާރޭ އޮންނަ ޢީދު ލައިޓް ދިއްލުމުގެ ރަސްމިއްޔާތަށް ވަމުންދާ އެންމެ ފަހުގެ ތައްޔާރީތައް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ބައްލަވައިލައްވައިފި.#EidAlinUfaa pic.twitter.com/eOuuCms5t3
— Ministry of Cities, Local Government, Public Works (@MoCLPmv) March 28, 2025
ފިޠުރު ޢީދުގައި ރާއްޖޭގެ ރަށްތައް ކުލަ ބޮކިތަކުން ޒީނަތްތެރިކުރުމަށް ބޭނުންވާ ސާމާނު، މި ޢީދުގައި އަލަށް ދިއްލުމަށް ކަނޑައަޅައިފައިވާ 36 ރަށަށް ފޮނުވައި ނިމިފައިވާ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
އަދި ނުފޮނުވި ހުރި ގިޑިގެތައް ވެސް އިއްޔެ ރަށްތަކަށް ފޮނުވައި ނިމޭނެ ކަމަށާއި، މާލެ ސިޓީގައި ހުރިހައި ސާމާނެއް ބަހައްޓައި ނިމިފައި ކަމަށާއި، މިހާރު ކުރެވެމުން ދަނީ ޓެސްޓްކުރުމުގެ މަސައްކަތް ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިދިޔަ އަހަރު ދިއްލި ރަށްތަކާއެކު މި އަހަރު ޖުމްލަ 64 ރަށެއް ޢީދު އަލިން ދިއްލައިލުމަށް ވަނީ ހަމަޖެހިފައެވެ.
މި އަހަރު ޢީދު އަލިން މުޅި ރާއްޖެ ދިއްލައިލުމަށް ބާއްވާ ބޮޑު ހަރަކާތް ބެއްވުމަށް ހަމަޖެހިފައި ވަނީ މިރޭ 9.30 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މިއީ ގިނަ ބަޔަކަށް ބައިވެރިވެވޭ ގޮތަށް އިންތިޒާމު ކުރަމުން އަންނަ ހަރަކާތެކެވެ.
މި ލިޔުން ކިޔާލުމުން