Monday, November 16
ތިން ރަށެއްގައި ކޮމިޔުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ސެންޓަރުތައް އިމާރާތްކުރުމަށް އާރުޑީސީއާ ހަވާލުކޮށްފި
ތިން ރަށެއްގައި ކޮމިޔުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ސެންޓަރުތައް އިމާރާތްކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްފިއެވެ. މިގޮތުން ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އާއި އާރުޑީސީއާ ދެމެދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ރިހެބިލިޓޭޝަން ސެންޓަރުތައް ޤާއިމްކުރުމަށް ހަމަޖެހިފައިވަނީ ނ. ވެލިދޫ، ކ. ކާށިދޫ އަދި ލ. ގަމުގައެވެ. މިއީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަސްތުވާތަކެއްޗަށް ފަރުވާދޭ މަރުކަޒު ގާއިމު ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ސޮއިކުރެވުނު އެއްބަސްވުމެކެވެ. މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޤައުމުގެ އިޤުތިޞާދު ކުރިއެރުވުމަށް އޮތް އަނެއް ބޮޑު ހުރަހަކީ، ޑްރަގުގެ ވަބާ ކަމަށެވެ. އަދި މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް، ކޮމިއުނިޓީ ރީހެބިލިޓޭޝަން ޕްރޮގްރާމް ހިންގުމަށް ވައުދު ވެވަޑައިގެންފައިވާ ގޮތަށް، ލ. ގަން، ނ. ވެލިދޫ އަދި ކ. ކާށިދޫގައި މަރުކަޒުތައް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ރައީސް ވަނީ ރިޔާސީ ބަޔާނުގައި ވިދާޅުވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު