މަޝްހޫރު ޔޫޓިޔުބަރ ޚާލިދު އަލް އަމޭރީ މެދުވެރިކޮށް ރާއްޖެ އިސްތިހާރު ކުރަނީ އެމްއެމްޕީއާރުސީ އާއި ގުޅިގެންނެވެ. ޔޫޓިއުބް، ފޭސްބުކް އަދި އިންސްޓަގްރާ ފަދަ ޕްލެޓްފޯމްތަކުގައި އެތައް މިލިއަން މީހުން ފޮލޯކުރާ ޚާލިދު ވަނީ ރާއްޖެ އިޝްތިހާރު ކުރުމަށް ލ. އަތޮޅަށް ގޮސްފައެވެ. ޚާލިދުގެ މި ދަތުރުގައި ރާއްޖޭގެ ކެއުމާއި ސަގާފަތާ ގުޅުން ހުރި ވީޑިއޯތަކާއި ފޮޓޯ ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.
އެ ފޮޓޯ ތަކުގައި ރަށުގެ ރައްޔިތުންނާ ވާހަކަ ދައްކައި، ހުދު ގަމީހަކާއި ފޭލިއެއް އަނދެ ބޮލުގައި ހުދު ފޮތިގަނޑެއް އޮޅައިގެން ރާޒުވާ ކުޅެފައިވެއެވެ. ލ އަތޮޅުގެ ޕަރީ ފެންގަޑުގައި ކުޑަ ޑިންގީއެއްވެސް ދުއްވައެވެ. ރާއްޖޭގެ އާއިލާއަކާއި އެކު ވަގުތުހޭދަކޮށް ހެދިކާވެސް ރަހަބަލާފައިވެއެވެ.
މީގެ އިތުރުން މާލޭގައި ކިންގް ސަލްމާން މިސްކިތުގައި ނަމާދުކޮށް، ސުނާމީ ބިނާ ބަލައިލާފައެވެ.
މީގެ އިތުރުން ބޮޑުބެރު ކުޅެ މަސްބާނަންވެސް ގޮސްފައިވެއެވެ.
އޭނާވަނީ ރާއްޖޭގެ ވަރަށް ހިތްގައިމު ފޮޓޯތަކާއި ވިޑިއޯ ހިއްސާކޮށްފައެވެ.















މި ލިޔުން ކިޔާލުމުން