Saturday, October 31
ހޮސްޕިޓަލަކާއި ސިއްހީ މަރުކަޒެއް އަޅަން އާރުޑީސީ އާއި ހަވާލުކޮށްފި

ހޮސްޕިޓަލަކާއި ސިއްހީ މަރުކަޒެއް އަޅަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ހަވާލުކޮށްފިއެވެ.

މި މަސައްކަތް އާރުޑީސީ އާއި ޙަވާލުކުރީ 10 ރަށެއްގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ އައު ޢިމާރާތްކުރުމުގެ މަސައްކަތް ސަރުކާރުގެ ތިން ކުންފުންޏަކާއި ޙަވާލުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެގޮތުން މި ރަސްމިއްޔާތުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ވަނީ ދެ ރަށެއްގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ އައު ޢިމާރާތްކުރުމުގެ މަސައްކަތް ކުރުމަށެވެ. އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާޢިލް ޢަބްދުﷲ އެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރަލް ރިޓަޔާޑް ޢަލީ ޒުހެއިރުއެވެ.

ނ. ވެލިދޫ ހޮސްޕިޓަލްގެ އައު ޢިމާރާތުގެ މަސައްކަތް ހަވާލުކުރީ ޖުމުލަ 108,322,537.03 ރުފިޔާ އަށެެވެ. އެއީ 540 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

އދ. ފެންފުށީ ސިއްޙީމަރުކަޒުގެ އައު ޢިމާރާތުގެ މަސައްކަތް ހަވާލުކުރީ 26,839,684.82 ރުފިޔާ އަށެވެ. އެއީ

ވެސް 540 ދުވަސް ތެރޭގައި މަސައްކަތް ނިންމުމަށެވެ.

މި މަހުގެ12 ވަނަ ދުވަހުވެސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ވަނީ ހަތަރު ރަށެއްގެ ޞިއްޙީ ކިދުމަތްދޭ ތަންތަން އެޅުމަށް ހަވާލުކޮށްފައެވެ. އެއީ

  • ކ. ގާފަރު ޞިއްޙީ މަރުކަޒު ޢިމާރާތް ކުރުން

ޕްރޮޖެކްޓުގެ އަގު: 26,819,434.82ރ

  • ހދ. ކުޅުދުއްފުށީ ސިޓީގައި ޢިމާރާތް ކުރާ ދަމަނަވެށި

ޕްރޮޖެކްޓުގެ އަގު: 23,113,061.08ރ

  • ހދ. ހަނިމާދޫ ހޮސްޕިޓަލް ޢިމާރާތް ކުރުން

ޕްރޮޖެކްޓުގެ އަގު: 104,834,778.55ރ

  • އދ. މާމިގިލީ ހޮސްޕިޓަލް ޢިމާރާތް ކުރުން

ޕްރޮޖެކްޓުގެ އަގު: 105,004,634.47ރ

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު