Saturday, October 31
ތިން ރަށެއްގެ ޞިއްޙީ މަރުކަޒު ހަދަން ފެނަކަ އާއި ޙަވާލުކޮށްފި

ތިން ރަށެއްގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ އައު ޢިމާރާތްކުރުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އާއި ހަވާލުކޮށްފިއެވެ.

މިރޭ މިނސްޓްރީގައި ބޭއްވި ކާއްޞަ ރަސްމިއްޔާތެއްގައި މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާޢިލް ޢަބްދުﷲ އެވެ. ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، މޭޖަރ ރިޓަޔާޑް މުޙައްމަދު ނަޖާހް އެވެ.

ފެނަކައާއި ޙަވާލުކުރެވުނު ތަންތަން

  •  ބ. ކުޑަރިކިލު ސިއްޙީމަރުކަޒުގެ އައު ޢިމާރާތުގެ މަސައްކަތް ހަވާލުކުރުން

އަގު: 7,641,116.64ރ.

މުއްދަތު: 365 ދުވަސް

  •  ގއ. ކޮނޑޭ ސިއްޙީމަރުކަޒުގެ އައު ޢިމާރާތުގެ މަސައްކަތް ހަވާލުކުރުން

އަގު: 6،763،307.54ރ.

މުއްދަތު: 300 ދުވަސް

  •  ގދ. ނަޑެއްލާ ސިއްޙީމަރުކަޒުގެ އައު ޢިމާރާތުގެ މަސައްކަތް ހަވާލުކުރުން

އަގު: 6،757،395.89ރ.

މުއްދަތު: 300 ދުވަސް

މިމަހުގެ 12 ވަނަ ދުވަހު ހދ. މަކުނުދޫ ޞިއްޙީ މަރުކަޒު ޢިމާރާތް ކުރަންވެސް ވަނީ ފެނަކައާއި ހަވާލުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު