Saturday, October 31
4 ހޮސްޕިޓަލާއި ސިއްހީ މަރުކަޒެއް އެޅުމަށް އެމްޓީސީސީ އާއި ހަވާލުކޮށްފި

ފަސް ރަށެއްގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ އައު ޢިމާރާތް ކުރުމުގެ މަސައްކަތް ކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އާއި ހަވާލުކޮށްފިއެވެ.

މި އެއްބަސްވުން ތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އަހުމަދު ގާސިމްއެވެ.

އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަޙްމަދު ސަޢުދީއެވެ.

އެމްޓީސީސީ އާއި ޙަވާލުކުރެވުނު މަސައްކަތް
  •  ހދ. ނެއްލައިދޫ ސިއްޙީމަރުކަޒުގެ އައު ޢިމާރާތުގެ މަސައްކަތް

އަގު: 11،197،462.90ރ.

މުއްދަތު: 450 ދުވަސް

  •  ށ. މިލަންދޫ ހޮސްޕިޓަލްގެ އައު ޢިމާރާތުގެ މަސައްކަތް

އަގު: 110،878،732.12ރ.

މުއްދަތު: 600 ދުވަސް

  •  ކ. ތުލުސްދޫ ހޮސްޕިޓަލްގެ އައު ޢިމާރާތުގެ މަސައްކަތް

އަގު: 110،716،537.72ރ.

މުއްދަތު: 600 ދުވަސް

  • އއ. ރަސްދޫ ހޮސްޕިޓަލްގެ އައު ޢިމާރާތުގެ މަސައްކަތް

އަގު: 185،571،402.42ރ.

މުއްދަތު: 780 ދުވަސް

  • ގއ. ވިލިނގިލީ ހޮސްޕިޓަލްގެ އައު ޢިމާރާތުގެ މަސައްކަތް

އަގު: 185،571،402.42ރ.

މުއްދަތު: 780 ދުވަސް

މިމަހުގެ 12 ވަނަ ދުވަހު ހަތަރު ރަށެއްގެ ޞިއްހީ ޚިދުމަތްދޭ ތަންތަނުގެ އައު އިމާރާތް ކުރުމަށް ވެސް ވަނީ އެމްޓީސީސީ އާއި ހަވާލުކޮށްފައެވެ. އެއީ ދެ ހޮސްޕިޓަލާއި ދެ ޞިއްޙީ މަރުކަޒު ހެދުމަށެވެ.

  • ނ. ފޮއްދޫ ޞިއްޙީ މަރުކަޒު ޢިމާރާތް ކުރުން

ޕްރޮޖެކްޓުގެ އަގު: 26,878,072.40ރ

  • ށ. މާއުނގޫދޫ ޞިއްޙީ މަރުކަޒު ޢިމާރާތް ކުރުން

ޕްރޮޖެކްޓުގެ އަގު: 27,219,325.40ރ

  • ވ. ފެލިދޫ ހޮސްޕިޓަލް ޢިމާރާތް ކުރުން

ޕްރޮޖެކްޓުގެ އަގު: 105,360,655.93ރ

  • ތ. ވިލުފުށި ހޮސްޕިޓަލް ޢިމާރާތް ކުރުން

ޕްރޮޖެކްޓުގެ އަގު: 105,132,701.20ރ

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު