Saturday, October 31
"ޢީދު އަލި" ދިއްލުމަށް ބޭނުންވާ ސާމާނު ރަށްތަކަށް ފޮނުވާ ނިމިއްޖެ

"ޢީދު އަލި" ދިއްލުމަށް ބޭނުންވާ ސާމާނު ރަށްތަކަށް ފޮނުވައި ނިމިއްޖެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު، އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

"ޕީއެސްއެމް ނިއުސް" އަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ފިޠުރު ޢީދުގައި ރާއްޖޭގެ ރަށްތައް ކުލަ ބޮކިތަކުން ޒީނަތްތެރިކުރުމަށް ބޭނުންވާ ސާމާނު، މި ޢީދުގައި އަލަށް ދިއްލުމަށް ކަނޑައަޅައިފައިވާ 36 ރަށަށް ފޮނުވައި ނިމިފައިވާ ކަމަށެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ މިހާރު ނުފޮނުވި ހުރި ގިޑިގެތައް ވެސް މިއަދު ރަށްތަކަށް ފޮނުވައި ނިމޭނެ ކަމަށާއި، މާލެ ސިޓީގައި ހުރިހައި ސާމާނެއް ބަހައްޓައި ނިމިފައި ކަމަށާއި، މިހާރު ކުރެވެމުން ދަނީ ޓެސްޓްކުރުމުގެ މަސައްކަތް ކަމަށެވެ.

މިމަސައްކަތް ކުރުމުގައި ސަރުކާރުގެ އެކި މުއައްސަސާތަކުގެ އެހީތެރިކަން ލިބެމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މިދިޔަ އަހަރު ދިއްލި ރަށްތަކާއެކު މި އަހަރު ޖުމްލަ 64 ރަށެއް ޢީދު އަލިން ދިއްލައިލުމަށް ވަނީ ހަމަޖެހިފައެވެ.

މި އަހަރު ޢީދު އަލިން މުޅި ރާއްޖެ ދިއްލައިލުމަށް ބާއްވާ ބޮޑު ހަރަކާތް ބެއްވުމަށް ހަމަޖެހިފައި ވަނީ މާދަމާ ރޭ 9.30 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މިއީ ގިނަ ބަޔަކަށް ބައިވެރިވެވޭ ގޮތަށް އިންތިޒާމު ކުރަމުން އަންނަ ހަރަކާތެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު